ޚަބަރު

ސަރުކާރުން އިއްޔެ ގޯތި ދިން ގޮތަށް، ކުރިންވެސް ދެވުނީސް: ދުންޔާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ސަރުކާރުން ދިން ކަމަށް ބުނާ ގޯތި، އެ ދުވަހުވެސް އަދި މިހާރުވެސް ވުޖޫދުގައި ނެތް ކަމަށާއި، ކުރިންވެސް އެގޮތަށް ގޯތި ދެވުނީސް ކަމުގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ދުންޔާ މިފަދައިން ވިދާޅުވެފައި ވަނީ ”ބިންވެރިޔާ“ ސްކީމްގެ ދަށުން، ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓު ސަރުކާރުން އާއްމު ކުރެއްވުމާ ގުޅިގެންނެވެ.

 

ބިންވެރިޔާ ވައުދު ނުފުއްދި އޮތްކަން އެނގުނީ ހަމަ ދެންމެ. މިއަދު ތި ގޯތި ދޭ ގޮތަށް 2018 ޑިސެމްބަރު 1 ގައިވެސް ގޯތި ދެވުނީސް. ތިބުނާ ގޯތިތަކެއް އެދުވަހުވެސް އަދި މިއަދުވެސް ވުޖޫދަކުނެތް. އިލެކްޝަނަށް ދޮޅުމަހަށް ވީމާ ގޯތިދޭނެ މީހުންގެނަން އިއުލާނު ކުރުމަކީ ރިޝްވަތު ހުށަހެޅުން.!

އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވަނީ، ”ބިންވެރިޔާ ސްކީމް“ ކުރިޔަށް ގެންދިޔަ ގޮތުގެ މައުލޫމާތު ނޫސްވެރިންނާއި ޙިއްޞާކުރައްވާފައެވެ.

މި ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19858 މީހުން ހުށައެޅި، 12794 ފޯމު ވަނީ ޝަރުތު ހަމަވެފައެވެ.

އަދި ޝަރުތު ހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން ވަކިން ފޯމްހުށައަޅައިފައިވާ ފަރާތްތަކަށް ޖޮއިންޓްވުމުގެ ފުރުސަތު ދިނުމަށްވެސް ވަނީ ނިންމައިފައެވެ.

 

 

 

 

  1. ދިވެހި ޒުވާނުން

    ދުންޔާ އަދިވެސް ތިބާ ގެ ވިސްނުން ތިހުރީ 30 އަހަރުވަންދެން ބަކަތެޅުނު ވިސްނުން. ބަލަ ރަށެއް ހިއްކާލަން އެނަގަނީ 25 ދުވަސް

  2. ޢިބއރާ

    ބައްޕާ ފުޅައް ދެއްވުނުތަ ގޯއްޗެއް؟؟؟30 އަހަރު ފެއިލް ވެފައި ،

  3. ދެންވެސް އަނގަނުގަޅާ ހުރެބަލަ ބަފަޔައް އެވަރުވެސް ވީކީނޫން ދެން މިއެރީ ބާޤީ އެއްގެފަހަތަށް ފޮރިންމިނިސްޓަރުކަންހޯދަން ހަނދާން ނައްތާލާ

  4. އާދަން

    ފޮރިން މިނިސްޓާރ ތަ ދުނޏާ އެއީ

    • ސަރިކާ

      އެއީކީ ފޮގުވާހަކައެއްތޯ؟

    • ލާފިންގ އަނެކަކު

      ނުހޭން ހުއްޓަސް ހެވޭނެ

  5. ސުންބާ

    ތިހެން ގޯތި ދީފާނެ ކޮންމެ ބަޔަކުވެސް.އެގޯޗެއްދެނީ ކޮންތާކުން ކިހިނެއްކަމެއްނެތް.އަދި ބިންހިއްކައިގެންވެސް ގޯތިދޭނެ ވަގުތެއްނެތް.ވުޖޫދުގަ ނެތް.ވެރިކަމުގެ އިތުރު ދައުރެއް ލިބޭނެ ގޮތެއް އަދި ނެތް.ލިބޭނެ ފޯމިއުލާއެއްވެސް ނެތް.މާލޭ ރައްޔިތުން ވިސްނާ.ތީ ވޯޓް ހޯދުމުގެ މަގުސަދުގަ ކޮށްލި ކަމެއް.

  6. އަހުމަދު

    އިބުރާހިމު މެން ބުޏެނު ވޯޓު ހޯދާނެ ފޯމިލާ އެބައޮތޭ މީއެބުނާ ފޯމިއުލާ އަކީ ވުޖޫދުގަ ނެތް ގޯތީގެ ނަންލިސްޓު…އަދިވެސް އަތްޖަހާ ކުދިން އެބަތިބިދޯ