Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޤާސިމްގެ ރިޔާސީ ކެންޕެއިން ޓީމެއް އަތޮޅު ތެރެއަށް

ޤާސިމްގެ ރިޔާސީ ކެންޕެއިން ޓީމެއް އަތޮޅު ތެރެއަށް

ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ އަތޮޅުތެރޭ ކެމެޕެއިން ފެށުމުގެ ގޮތުން ޕާޓީގެ ސީނިއަރ ޓީމެއް ބ އަދި ރ އަތޮޅަށް މިއަދު ފުރައިފިއެވެ.

މި ޓީމްގައި ހިމެނެނީ, ޕާޓީގެ ޑެޕިއުޓީ ލީޑާރ އަދި އުތުރު ކެމްޕެއިން މެނޭޖަރ އަމީން އިބްރާހިމާއި, ޕާޓީގެ ލީޑާރ ޤާސިމް އިބްރާހިްގެ ތަރުޖަމާން ޢަބްދުﷲ އަމީނާއި, ޕާޓީގެ ލީޑަރގެ ސްޕެޝަލް އެޑްވައިޒަރ ޢަބްދުﷲ ނަވާޒާއި, ޖޭޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ، ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ އަލީ ޙުސައިނާއި, ޕާޓީގެ ޒުވާނުންގެ ލީގްގެ ނައިބްރައީށް ޝުއައިބް ޝިފާޒް ޝަރީފާއި އެ ޕާޓީގެ ގޮއިދޫ ދާޢިރާގެ ރައީސް އާދަމް ޝާފިއުއެވެ.

މި ޓީމު ބ އަތޮޅުގެ ހުރިހާ ރަށަކަށާއި ރ އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރުކުރާނެއެވެ.

Advertisement
Ooredoo — Truecaller (box)

ޖޭޕީން މައުލޫމާތު ދޭ ގޮތުގައި, ކެންޕެއިން މި ޓީމުން ރަށްރަށުގެ ކެމްޕެއިން ފޯކަލް ޕޮއިންޓުންނާއި ރަށްރަށުގެ ކެމްޕެއިން ޓީމްތަކާއި މަޝްވަރާކޮށް އަތޮޅުގެ ކެމްޕެއިން ޙަރަކާތްތައް ކުރިއަށްދާގޮތާއި މެދު މަޝްވަރާކުރާނެއެވެ. އަދި ރަށްރަށުގެ ސިޔާސީ މަސްރަހު ދެނެގަތުމާއި، ރައްޔިތުންގެ ޝަކުވާތަށް ދެނެގަތުމަށް މިޓީމުން ރަށްރަށުގެ ޓީމްތަކާއިއެކު މަޝްވަރާކުރާނެއެވެ. އޭގެ އިތުރުން ޖޭޕީގެ ރިޔާސީ ކެންޑީޑޭޓް ޤާސިމް އިބްރާހިމަށް ތާއިދު ހޯދުމުގެ ހަރަކާތްތައްވެސް ރަށްރަށުގައި ކުރިއަށް ގެންދާނެއެވެ.

ޤާސިމް އިބްރާހީމްގެ ރިޔާސީ ކެންޕެއިން އަތޮޅު ތެރޭގައި ފަށާފައިވާއިރު, މާލޭގައި ވެސް އެ ޕާޓީން ޖަލްސާތަކެއް ވަނީ ބާއްވާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް