Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

ޢީދު ފާހަގަކުރެއްވުމަށް ރައީސްގެ އަމިއްލަފުޅު ރަށް ހިންނަވަރުގައި!

ޢީދު ފާހަގަކުރެއްވުމަށް ރައީސްގެ އަމިއްލަފުޅު ރަށް ހިންނަވަރުގައި!

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް، ރައްޔިތުންނާއެކު އީދު ފާގަހަކުރެއްވުމަށް ނުރަސްމީ ދަތުރުފުޅެއްގަ އުފަންރަށް ހިންވަރަށް މިއަދު ވަޑައިގެންފިއެވެ.

ރައީސް ޞާލިޙު، ހިންނަވަރަށް ވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެމަނިކުފާނު ހިންނަވަރަށް ވަޑައިގަތުމުން، ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ރައީސް ހިންނަވަރަށް ވަޑައިގަންނަވާފައިވަނީ އީދު ފާހަގަ ކުރުމަށް ތޮއްޑޫ އަށް ވަޑައިގެން އުޅުއްވުމަށްފަހުއެވެ. އީދު ފާހަގަ ކުރުމަށް ރައީސް ތޮއްޑޫއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

Advertisement
HDC — Sidebar (box)

މި ބަރަކާތްތެރި އަޟުޙާ ޢީދުގެ މުނާޞަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް މާތްވެގެންވާ މައްކާއަށް ގޮސްތިބި ހައްޖުވެރިންނާ، ދިވެހި ލޮބުވެތި ރައްޔިތުންނަށާ، އިސްލާމީ އުއްމަތުގެ އެންމެހައި މުސްލިމުންނަށް މި ޢީދުގެ ތަޙުނިޔާއާ ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް