ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ކޯޓު އަމުރެއްގެ ދަށުން މެދު ރާއްޖެތެރޭ ރަށަކުން ހައްޔަރު ކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަނުގައި ހިމެނޭ ރަށެއްގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެ ހުށަހެޅިފައިވާ ކަމަށެވެ.
މިމައްސަލައާއި ގުޅޭގޮތުން ކޯޓުއަމުރެއްގެ ދަށުން އުމުރުން 59 އަހަރުގެ މީހަކު ރޭ ދަންވަރު ހައްޔަރު ކުރި ކަމަށާއި އެމީހާގެ ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުން ދަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ހައްޔަރުކުރާ މީހުންގެ ތެރެއިން އެ މައްސަލަތަކުގައި ދައުވާ އުފުލޭޭ މީހުންގެ ވަނަވަރުވެސް ހާމަކުރަމުންނެވެ.