މޫސުން ގޯސްވެ ބައެއް ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފި

ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް މިއަދު ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރުއްވައިފައިވަނީ، ހއ.އަތޮޅުން ފެށިގެން ބ.އަތޮޅާ ހަމައަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރެފައިވާ ސަމާލުގައި ވަނީ މިރޭ 21:00 އިން ފެށިގެން 02:00އާ ހަމައަށް ހއ.އަތޮޅުގެ ރަށްތަކުން ފެށިގެން ބ.އަތޮޅުގެ ރަށްތަކާ ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެއްވޭ ކަމަށެވެ.
މާދަމާގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ދެކުނަށްވެސް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވެއެވެ.