ޚަބަރު

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލި ތިން ކެންޑިޑޭޓުން ޖޫރިމަނާކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ލުން ކުރިޔަށްދަނީ... ދެން އިމޭޖްސް

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރި ތިން ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަން (އީސީ)ން ޖޫރިމަނާ ކޮށްފިއެވެ.

Ads by STELCO

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރެއްވި 3 ކެނޑިޑޭޓުން ޖޫރިމަނާކުރެއްވީ އިންތިހާބަށްފަހު ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް ހުށަހަޅުއްވަންޖެހޭ ފުރިހަމަ މާލީ ބަޔާނެއް ހުށަހަޅުއްވާފައި ނުވާތީކަމަށެވެ.

އަދި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރި 3 ކެނޑިޑޭޓުންވެސް ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މާލީ ބަޔާން ހުށަހަޅުއްވާފައިނުވާތީ 6000 ރުފިޔާއިން ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށާއި ކެނޑިޑޭޓުންގެ އިތުރުން، ކެނޑިޓުންގެ ރަސްމީ އިންތިހާބީ އޭޖެންޓުންވެސް ޖޫރިމަަނާކުރަން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދީފައިވެއެވެ.

މި ފައިސާ ދައްކަން ޖެހެނީ މި މަހުގެ 15 ވަނަ ދުވަހުގެ ކުރިންނެވެ.

މާލީ ބަޔާން ހުށަހަޅަން ޖެހޭނީ އިންތިޚާބު ބާއްވާ ދުވަހުން ފެށިގެން 21 ދުވަސް ތެރޭގައެވެ. އެ ބަޔާނުގައި ހިމަނަން ޖެހޭ ކަންކަމުގެ ތެރޭގައި އިންތިޚާބަށް ޚަރަދު ކުރި ފައިސާގެ ހުރިހާ ތަފުސީލަކާއި ފައިސާ ހޯދި ގޮތް ހިމެނެއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!