ޚަބަރު

އިންޑިއާ އައުޓެއް ނުހުއްޓުވޭނެ، އެއީ ރައްޔިތުންގެ ހަރަކާތެއް: ‏އަބްދުއްރަޙީމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިދިކޮޅު ފަރާާތްތަކުން އިސްވެ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ނުހުއްޓުވޭނެ ކަމަށާއި، އެއީ ރައްޔިތުންގެ ހަރަކާތެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޗެނަލް13ގެ "ނިއުސްޓޯކް" ޝޯގައި ވާހަކަ ދައްކަވަމުން އަބްދުއްރަޙީމް ވިދާޅުވީ، ޑިމޮކްރެޓްސްއާއިއެކުގައި، ސިޔާސީ މަޝްވަރާތައް ކުރިޔަށް ދިޔަސް، ޕީޕީއެމް-ޕީއެންސީން ހިފަހައްޓާނެ އުސޫލުތަކެއް ހުންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރައްޔިތުން ދެކޮޅީ، އިންޑިއާގެ ޓީޗަރުންނާއި، ސިއްޙީ ޚިދުމަތްތެރިންނާއި، އެނޫންވެސް ދާއިރާތަކުގައި އުޅޭ މަސައްކަތްތެރިންނާ ނޫން ކަމަށާއި، ދެކޮޅީ އެ ޤައުމުގެ ސިފައިންނާ ކަމަށެވެ.

ސަރުކާރަށް ފާޑުވިދާޅުވެ، އަބްދުއްރަޙީމް ވަނީ، ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާއްމު ކުރިއިރު، އޭގައި އިންޑިއާގެ ރައްޔިތުންގެ ނަން ހިމަނައިފައިވަނީ، އެ ޤައުމުގެ ސަރުކާރާއެކު ވެފައިވާ ސިއްރު އެއްބަސްވުމެއްގެ ދަށުން، އެ ޤައުމުގެ މީހުން ރާއްޖޭގައި އާބާދު ކުރުމަށް ކަމަށްވެސް ވެދާނެ ކަމަށެވެ.

މީގެއިތުރުން އަބްދުއްރަޙީމް ވަނީ، ރިޔާސީ އިންތިޚާބު ބޯމަތިވުމުން، ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓެއް އާއްމު ކުރިއިރު، 700 މީހުން ފިޔަވައި، ލިސްޓުގައި ދެން ތިބި މީހުންނަށް ގޯތި ލިބެނީ ކޮން ހިސާބަކުން ކަމެއް ވެސް ނޭނގޭ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ސަރުކާރުގެ ފަސް އަހަރުގެ ދައުރެއް ނިމެން އުޅޭއިރު، އަމިއްލައަށް ބިންގާ އަޅައި، ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއް ނިންމައި، ރައްޔިތުންނަށް ނުދެވުނު ކަމަށެވެ.

Ads by Ooredoo
  1. ޓިނު އަދުރޭ

    އޭ ރައްޔިތުންނަގެ ހަރަކަތަކެ ނުން ތަ ބަޅާނެ ރައްޔިތުނެ ފަކީރާނެ ބިއްލަން ދައްކައިގެން އަމިއްލަ ފައިދާން ވޮންނައު
    ނިކަމެތި ރައްޔިތުމީހާ ލޮޅޭގެން ގަސް އިޔަންޖެހެންނު އިންޑިއާން . ތަފެލާނެ ތީޔަންނު ޝިންގަޕޫރަން
    މިގެ ގެއްލުންވޫ ރައްޔިތުންނަށް
    ޓިނު ވަގަކަން ނުން