Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު، ނައިބު ރައީސް ރާއްޖެއަށް

ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު، ނައިބު ރައީސް ރާއްޖެއަށް

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފަހުގައި، ނައިބު ރައީސް ފައިސަލް ނަސީމް ރާއްޖެ ވަޑައިގެންފިއެވެ.

އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ރާއްޖެއިން މި އަހަރު ޙައްޖަށް ދާ މީހުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކަނޑައަޅުއްވާފައިވާ ނައިބު ރައީސް ފައިސަލް ޙައްޖަށް ފުރާވަޑައިގެންނެވީ ޖޫން 22 ވަނަ ދުވަހުގެ ރޭއެވެ. މީހުން ޙައްޖަށް ގެންދަން ސައުދީން މިފަހަރު 1،000 ކޯޓާ ދިންއިރު، ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ހުއްދަ ދީފައިވަނީ އަމިއްލަ ތިން ކުންފުންޏަކަށާއި ޙައްޖު ކޯޕަރޭޝަނަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް