Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސަރުކާރު

ރިޔާސީ އިންތިޚާބު 2023: ރީރަޖިސްޓްރީ ވުމަށް ހުޅުވާލާނީ މިމަހު 16 ގައި، އޮންލައިންކޮށްވެސް ރަޖިސްޓްރީވެވޭނެ!

ރިޔާސީ އިންތިޚާބު 2023: ރީރަޖިސްޓްރީ ވުމަށް ހުޅުވާލާނީ މިމަހު 16 ގައި، އޮންލައިންކޮށްވެސް ރަޖިސްޓްރީވެވޭނެ!

އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެންތަނެއްގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ރީ ރެޖިސްޓްރީވުމަށް ހުޅުވާލާނީ މިމަހުގެ 16 ވަނަ ދުވަހު ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނިގޮތުގައި  ސިޔާސީ ޕާޓީތަކާ އެކު މިއަދު ބޭއްވި ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރީރަޖިސްޓްރީކުރަން 21 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށާއި އެ މީހަކު ހުރި ތަނަކުން އޮންލައިންކޮށް ފޯމު ހުށައަޅައިގެން ވެސް ރީރެޖިސްޓްރީ ވެވޭނެކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ވޯޓަރސް ލިސްޓަށް ހުށައެޅި 551 ޝަކުވާ އިސްލާހު ކުރުމަށްފަހު އެލިސްޓު މިހާރުވަނީ ގެޒެޓްކޮށްފައެވެ.

Advertisement
Ooredoo — Square (box)

ވޯޓާސް ލިސްޓަށް ހުށަހެޅި ޝަކުވާތަކުގެ ތެރެއިން 465 ޝަކުވާއަކީ މަރުތަކާ ގުޅިފައިވާ ޝަކުވާއެވެ. އަދި ދާއިމީ އެޑްރެސް ބަދަލުވެގެން 58 ޝަކުވާ ލިބުނުއިރު ލިސްޓުގައި ނަން ނެތިގެން ހުށަހަޅާފައިވަނީ 19 ޝަކުވާއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް