ޚަބަރު ސިޔާސީ

އަދީބުގެ ޙާލަތު ސީރިއަސް، ފުރާނައަށް ނުރައްކާވާފަދަ ޙާލަތެއްގައި: އެމްޓީޑީ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

އެމްޓީޑީގެ ރައީސް އަދި ކުރީގެ ނައިބުރައީސްކަން ކުރެއްވި އަޙްމަދު އަދީބުގެ ޙާލަތު ސީރިއަށް ކަމަށާއި އަދީބަށް ކުރިމަތިވެފައިވަނީ ފުރާނައަށް ނުރައްކާވާފަދަ ޙާލަތެއްކަމަށް މޯލްޑިވްސް ތާޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ބުނެފިއެވެ.

Ads by STELCO

އަދީބުގެ ޙާލަތު އާންމުންނާއި ޙިއްޞާކުރުމަށް އެމްޓީޑީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އަދީބަށްވަނީ ފުރާނައަށް ނުރައްކާވާފަދަ ނާރުގެ މައްސަލައެއް ކުރިމަތިވެފައިކަމަށެވެ.

ރޭގެ ވަގުތެއްގައި އިމަޖެންސީކޮށް އަދީބަށް ފަރުވާދޭން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އަދީބުއަށް ސިއްޙީ މައްސަލަތަކެއް ކުރިމަތިވީ، ރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ އުޞޫލުތަކާއި ޚިލާފަށް، 2015 އިން 2018އަށް 24 ގަޑިއިރުވަންދެން، އަދީބުއަށް ބޭރަށް ނުނިކުމެވޭނެހެން ޖަލުގައި ބަންދުކޮށްފައި ބޭއްވުމުގް ސަބަބުންކަމަށް އެމްޓީޑީން ބުނެފައިވެއެވެ.

އަދީބުގެ ޙާލަތު ހުރީ ކަންބޮޑުވާންޖެހޭފަދަ ހިސާބެއްގައިކަމަށާއި، އަދީބުގެ ޙާލަތު ގާތުން ބަލައި، މަޢޫލޫމާތު ލިބޭ މިންވަރަކުން އެކަން އާންމުންނާއި ޙިއްޞާކުރަމުންދާނެކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

އަދީބަށް މީގެ ކުރިންވެސް ވަނީ ލޮލުގެ އެކި މައްސަލަތަކާއި ސިއްޙީ އެކި އެކި މައްސަލަތަކާއި ގުޅިގެން ކުއްލި ފަރުވާ ދީފައެވެ.

ރޭ އަދީބަށް ކުއްލި ފަރުވާދޭން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އޭނާ ބޭރަށް ފުރުވާލަން އުޅޭކަމުގެ އަޑުތަކެއް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. އަދި ކްރިމިނަލް ކޯޓުގައި މިހާރު ހިންގަމުންދާ ރައީސް ޔާމީންގެ މައްޗަށް ދަޢުވާ ކުރާ މައްސަލަތަކުގައި ރައީސް ޔާމީނާ ދެކޮޅަށް އަދީބު ހެކިބަސްދިނުމުން، ރާއްޖެއިން ބޭރަށް ފުރުވާލާނެކަމަށްވެސް އަޑުތަކެއް ފެތުރުނެވެ.

 

  1. ސަލީމާ

    ދޮގުހެކިބަސް ދޭ މީހުނަށް މާތްﷲ ދުނިޔެމަތީގަ އެކަންދައކަވާނެ.

  2. ކަނބުލޮ

    އެހެންވެ ކުއްލިއަކަށްތަ ނާރުގެ މައްސަލަ ދިމާވީ. ކީއްވެބާ ޖަލުގައި އޮތް އިރު ނާރުގެ މައްސަލއެއް ނެތީ؟ އަޖައިބެއްނު. ތީ ހަމަ ދައްކާ ބުހުތާނު ވާހަކަ. ދައުރު ނިމޭތީ އަވަހަށް ރައްކާވާނެގޮތެއް ނޭނގިގެން ދައްކާ ވާހަކަ.

  3. އޭނަ ދެނީ ދޮގު ހެކިކަން ކަލެއަށް އެނގެނީ ކިހިނެތް؟

  4. Hussain Abu Bakar

    ހުސް ދޮގު ހަދާއިގެން ދައުލަތުން ވަގައްނެގި ހުރިހާ ފައިސާ އެއް ނުދައްކަނިސް ފުރަން ހުއްދަ އެއް ނުދެވޭނެ. ޗޯރު އެއުޅެނީ ފިލަން