ޚަބަރު އިޖުތިމާޢީ

ފުލުހުންގެ ބެލުމުގެ ދަށުގައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ޝަހީދު ޙުސެއިން އާދަމް ބިލްޑިންގް / ފޮޓޯ: ދެން އިމޭޖްސް

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

Ads by Sosun Fihaara

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަމުންދާއިރު، އެ ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި އަދި ތުހުމަތު ކުރެވިގެން ހުއްޓުވި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މިގޮތަށް ހޯދުނު ތަކެތީގެ ވެރިފަރާތަކީ ކޮބައިކަމައް ތުހުމަތުކުރެވުނު މީހުންނަށް ބުނެދެވިފައިނުވާތީ އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެވިފައެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ހުރީ މާފަންނު ޕޮލިސް ސްޓޭޝަންގައާއި ގަލޮޅު ޕޮލިސް ސްޓޭޝަނުގައިކަމަށް ފުލުހުން މަޢުލޫމާތުދީފައިވެއެވެ.

އެގޮތުން މާފަންނު ޕޮލިސް ސްޓޭޝަނުގައި، ޖޫން 3 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގުގެ މުނިހޯމްކެއާ ކައިރިން އާންމު މީހަކު ހޮވައިގެން ގެނެސްދިން 8 ފްލަޑް ލައިޓް (އިންސިޑެންޓް ނަންބަރު 561837) އެބައޮތް ކަމަށާއި އެ ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައިގެން އިންސިޑެންޓު ނަންބަރާއެކު މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ. އަދި ތަކެއްޗާ ޙަވާލުވާން، މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވާއިރު އެމީހަކީ ކާކުކަން އެނގޭނެ ލިޔުމެއް ގެނައުމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ގަލޮޅޮ ޕޮލިސް ސްޓޭޝަނުގައި ހުރި ތަކެތި

  • ޖޫން 6 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގުން މަސްމާރުކޭޓު ކައިރިން އާންމު މީހަކު ހޮވައިގެން ގެނެސްފައިވާ 25 ރުފިޔާ (އިންސިޑެންޓް ނަންބަރު 561735)
  • ޖޫން 24 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގުން ޖުމްހޫރީ މައިދާން ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސްފައިވާ 100 ރުފިޔާ (އިންސިޑެންޓް ނަންބަރު 561298)
  • ޖޫން 25 ވަނަ ދުވަހު ސިނަމާލެ ބުރިޖުގެ ހިނގާ ލޭނުން އާންމު ފަރާތަކުން ހޮވައިގެން ގެނެސްފައިވާ 100 ރުފިޔާ (އިންސިޑެންޓް ނަންބަރު 561366)
  • ޖޫން 26 ވަނަ ދުވަހު ވެހިކަލެއްގެ ތެރެއިން ހޮވައިގެން ގެނެސްފައިވާ ރެޑްމީ ބްރޭންޑުގެ ކަޅުކުލައިގެ މޯބައިލް ފޯނަކާއި ނޫކުލައިގެ މޯބައިލް ފޯނެއް (އިންސިޑެންޓް ނަންބަރު 561494)
  • ޖޫން 28 ވަނަ ދުވަހު ޖުމްހޫރީ މައިދާން ތެރެއިން އާންމު ފަރާތަކުން ހޮވައިގެން ގެނެސްފައިވާ ސެމްސަންގ ގެލެކްސީ ނޫކުލައިގެ މޯބައިލް ފޯނެއް (އިންސިޑެންޓް ނަންބަރު 561675)
  • ޖުލައި 2 ވަނަ ދުވަހު ޓެކްސީއެއްގެ ތެރެއިން ހޮވައިގެން ގެނެސްފައިވާ ސެމްސަންގ ބްރޭންޑުގެ ރަތްކުލައިގެ މޯބައިލް ފޯނެއް (އިންސިޑެންޓް ނަންބަރު 562004)

ގަލޮޅު ޕޮލިސް ސްޓޭޝަނުގައި ހުރިކަމަށް ފުލުހުން ބުނެފައިވާ ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓު ނަންބަރާއިއެކު އެމީހެއްގެ މަޢުލޫމާތު ޙިއްޞާކުރުމަށް ފުލުހުން އެދިފައިވެއެވެ. އަދި ތަކެއްޗާ ޙަވާލުވާން، މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވާއިރު އެމީހަކީ ކާކުކަން އެނގޭނެ ލިޔުމެއް ގެނައުމަށްވެސް ފުލުހުން ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!