ރައީސް ޔާމީންގެ ޖަލު ޙުކުމުގެ ސަބަބުން އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެ ކަމަށް ފުއާދު ވިދާޅުވަނީ ސަރުކާރުގެ ޕްރެޝަރާހެދި: ޕީޕީއެމް
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމް ބާޠިލް ނުކުރާހާ ހިނދަކު، އެމަނިކުފާނަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ (އީސީގެ) ރައީސް ފުޢާދު ތަޢުފީޤް ވިދާޅުވަނީ ސަރުކާރުގެ ޕްރެޝަރާ ހެދިކަމަށް ޕީޕީއެމުން ބުނެފިއެވެ.
ފުޢާދު މިހެން ވިދާޅުވީ އޮންލައިން ނޫހަކުން ކުރިއަށްގެންދިޔަ ޝޯއެއްގައި ވާހަކަ ދައްކަވަމުންނެވެ. ފުޢާދު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާން ހުޅުވައިލާފައި އޮތް މުއްދަތުގެ ތެރޭގައި ރައީސް ޔާމީނުގެ ޙުކުމް ބާޠިލުކޮށްފިނަމަ އެމަނިކުފާނުގެ ކެންޑިޑޭސީ ކޮމިޝަނުން ބަލައިގަންނާނެކަމަށެވެ.
[ޖަލު ޙުކުމް] ބާތިލުނުކުރާހާ ހިނދަކު ވާދައެއް ނުކުރެއްވޭނެ. ކެންޑިޑޭސީ ބަލައެއް ނުގަންނާނެ. [ފޯމު] ސަބްމިޓް ކުރެއްވިދާނެ އެކަމަކު އަޅުގަނޑުމެން [އެ ކެންޑިޑޭސީ] ބަލައެއް ނުގަންނާނެ،...."ހުކުމް ބާތިލުކޮށްފިއްޔާ ހަމަ ޖެހިގެން އަންނަ ދުވަހު ވެސް އަޅުގަނޑުމެންނަށް [ކެންޑިޑޭސީ] ބަލައިގަނެވޭނެ،" ފުޢާދު ވިދާޅުވިއެވެ.
ފުއާދުގެ މި ވާހަކައަށް ރައްދުދެއްވަމުން، މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމް، އޮންލައިން ނޫހަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ފުއާދު ކުރިން ވިދާޅުވި ބަސް ބަދަލުކުރައްވައި، ރައީސް ޔާމީނުގެ ކެންޑިޑެސީ މިހާރު އޮތްގޮތުން އަދި ބަލައިނުގަނެވޭނެކަމަށް އެ ވިދާޅުވަނީ އެބޭފުޅާއަށް ސަރުކާރުން ކުރިމަތިކުރަމުންދާ ޕްރެޝަރުގެ ސަބަބުންކަމަށެވެ.
"ކުރިން ފުއާދު ވިދާޅުވި މި ޙާލަތުގައި ރައީސް ޔާމީނަށް ވާދަކުރައްވަން ހުރަހެއް ނެތް ކަމަށް، އަސްލު ބަލަންވީ ފުއާދުގެ ބަސްމަގު ބަދަލުވި ސަބަބު ހެން ހީވަނީ، އަޅުގަނޑުމެންނަށް މިހާރު މަޢުލޫމާތު ލިބެނީ ފުއާދު ހުންނެވީ ސަރުކާރުގެ ޕްރެޝަރުގަ ކަމަށް… މިހާރު މިއޮތް ޙާލަތަކީ އެއްގޮތަކަށްވެސް ފޯމު ބަލައިނުގަނެވޭނެ ޙާލަތެއް ނޫން. ވަކީން ހާއްސަކޮށް އިސްތިއުނާފުކޮށްފައިވާ ހުކުމެއް [ޔާމީނުގެ މައްޗަށް ކޮށްފަވާ ޙުކުމަކީ." ޝިޔާމް ވިދާޅުވިއެވެ.
މި ޙާލަތުގައި ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެއްވޭނެ އެއްވެސް ޤާނޫނީ އުޒުރެއް އީސީގެ ރައީސަށް ނުދެއްކެވޭނެކަމަށާއި، ކެންޑިޑެސީ ފޯމު ބަލައިގަތުމާމެދު ފުއާދުއަށް އެކަނި ގޮތް ނުނިންމެވޭނެ ކަމަށްވެސް ޝިޔާމް ފާހަގަކުރައްވާފައިވެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ޕާޓީއަކުން ދިން އެންމެ ފުރަތަމަ ޓިކެޓު ޕީޕީއެމް/ޕީއެންސީން ވަނީ ރާއްޖޭގެ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް އަރުވާފައެވެ. އަދި އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިން މިހާރުވެސް ކުރިއަށްދާއިރު، އެ ކޯލިޝަނުގެ ލީޑަރުން ޤަބޫލުކުރައްވާ ގޮތުގައި ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ޙުކުމް ބާޠިލުކުރާނެއެވެ.
އަދި ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ފަހަނައަޅައިނުދަނީސް، އިސްތިއުނާފުގެ ޝަރީޢަތް ނިމޭނެކަމަށްވެސް އެ ބޭފުޅުން އުއްމީދުކުރައްވައެވެ.
ޕީޕީއެމް/ޕީއެންސީން ބުނަމުން އަންނަނީ ރައީސް ޔާމީންގެ ކެންޑިޑޭސީ އީސީން ބަލައިނުގެންފި ކޯޓަށް ދާނެ ކަމަށެވެ. ފުއާދު ވިދާޅުވި ގޮތުގައި އަދި ގާނޫނުގައި ވެސް އޮތް ގޮތުން، އެގޮތަށް ކޯޓަށް ދިއުމުން ކޯޓުން އަންގައިފި ނަމަ އީސީއަށް ޖެހޭނީ ރައީސް ޔާމީންގެ ކެންޑިޑޭސީ ބަލައިގަންނާށެވެ.
ޖެއްސުންނުކޮން ޔާމީނުދޫކޮމްލަންވީނު ޖަލަންލާނެކަމެންއޮތިކީނޫނޭ ހަމަ ވެރިކަމުގެދަހިވެތިކަމުގާ ދައުލަތަށްލިބޭހާލާރިޔަކަންވާގޮތެއްއެގެނީއަކީނޫ ދައުލަތްއޮތީ ކަޑާދިމާއަށް ފޫގޮއްސާބަ
ޫޙުކުމްް ޖަލަށް ކޮށްފަަ ތިބިި މީހުންް ދޫކޮށްލުމާއިި ގަނޑުވަރުގަަ ގެންގުު ލުމަކީީ ޝަރުޢީީ ހުކުމްް ތަންފީޒުު ކުރާަ ވަކިި މިންގަޑެއ ވޭތުވިި 50 އަހަރަށްް ބަޅާލިޔަސްް އެންމެެ ނަފާވެރިި ގައުމީީ ޚިދުމަތްް އެންމެެ އުހަށްް ކޮށްް ދެއްވުމަކީީ ޖަލުުގަަ ބަހައްޓަންް ޖެހޭެ ސަބަބުު ކަމަށްް މިހާރުު ހުރިި ރައީސްް ޢަށ ފެނުމަކީީ ރައްޔިތަށްް ދޭޭ ލޮޓިއެއްް، ލަގާއެއ! ވިސްނާނެެ ޤައުމ!