Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މާލިއްޔަތު ހުސްވީއިރު، ވަޢުދުތައް ފުނި ޖެހިފައި: ޝިޔާމް

މާލިއްޔަތު ހުސްވީއިރު، ވަޢުދުތައް ފުނި ޖެހިފައި: ޝިޔާމް
ރައްޔިތުންގެ މާލިއްޔަތު ހުސްވީއިރު، ސަރުކާރުގެ ވައުދުތައް ހުރީ ފުނި ޖެހިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މި އަހަރުގެ ރިޔާސީ ކެމްޕެއިން އަތޮޅުތެރޭގައި ފެއްޓެވުމަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވަނީ ށ.އަތޮޅުގެ ރަށްތަކަށް ވަޑައިގެންފައެވެ. އެ އަތޮޅު ފޯކައިދޫއަށް ރައީސް ވަޑައިގެންނެވުމުން، އެ ރަށުގެ ރައްޔިތުން ވަނީ އިދިކޮޅު ލީޑަރު، ރައީސް ޔާމީން މިނިވަން ކުރަން ގޮވައިލައިފައެވެ.
"ރައްޔިތުންގެ މާލިއްޔާ ހުސްވީއިރު، ވީ ވަޢުދުތައް ހުރީ ފުނި ޖެހިފަ. އެހެންވީމަ، ރައްޔިތުން އެ ވާހަކަތައް ރައީީސް ޞާލިޙު ކަންފަތްޕުޅުގައި ދަންނަވަން ނުކުންނާނެ."
ޝިޔާމް އިތުރަށް ވިދާޅުވި ގޮތުގައި، ދިވެހި ރައްޔިތުންގެ އުއްމީދުތައް މިހާރު ގުޅިފައި ވަނީ، ރައީީސް ޔާމީނާއެވެ. ރައީސް ޔާމީން 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އިދިކޮޅުން ބުނާގޮތުގައި، އެމަނިކުފާނު މިނިވަންވާނެ ކަމުގެ ޔަޤީންކަން އެބައޮތެވެ. ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިން، މިހާރު ވަނީ ފަށައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް