ކެންސަރު ދެނެގަތުމަށް ބޭނުންކުރާ ޕެޓް ސްކޭން މެޝިން ގެނައުމަށް އެސްޓީއޯއާ ހަވާލުކޮށްފި
ކެންސަރު ހުރިކަން ދެނެގަތުމަށް ބޭނުންކުރާ ޕެޓް ސްކޭން މެޝިން އައިޖީއެމްއެޗްއަށް ގެނައުމަށް އެސްޓީއޯއާ ޙަވާލުކޮށްފިއެވެ.
މަޢުލޫމާތުލިބޭގޮތުގައި ޕެޓް ސްކޭން މެޝިން ގެނެސް، އިންސްޓޯލްކުރުމަށް އެސްޓީއޯއާ އެކީ އެއްބަސްވުން ހެދީ އިއްޔެގައެވެ. އަދި ދެ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތްކުރުމަށް އެއްބަސްވެފައިވާއިރު، އެ އެއްބަސްވުމުގައި
ދެ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ކުރަން ހެލްތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރެވެ. އައިޖީއެމްއެޗްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާހިމް ސަލީމެވެ. އަދި އެސްޓީ ފަރާތުން ސޮއިކުރެއްވީ އޯ މެޑިކަލް ސާވިސަސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ނިއުޝާދެވެ.
ހެލްތު މިނިސްޓްރީއާ ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އެސްޓީއޯއާއި މި މަސައްކަތް ޙަވާލުކޮށްފައިވާއިރު، އެ އެއްބަސްވުމުގައިވާ ގޮތުން ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒަކާއި ހޮސްޕިޓަލަކަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓް ގެންނާނީ އެސްޓީއޯއިންނެވެ.
ކެންސަރު ހުރިކަން ދެނެގަތުމަށް ބޭނުންކުރާ ޕެޓް މެޝިނުގެ ބޭނުމަކީ ހަށިގަނޑުގައި ކެންސަރު ހުރިތޯ ބެލުމާއި ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމެވެ. އަދި ހިތާއި ސިކުނޑީގެ ބައެއް ބަލިތައް ދެނެގަތުމަށްވެސް މި މެޝިނުން ސްކޭން ހެދެ އެވެ.
މި ޚިދުމަތް ފެށިގެން ދިޔުމުގެ ސަބަބުން ގިނަ ބަޔަކަށް ލުޔެއް ލިބޭނެކަމަށާއި މިހާރު އެ ޚިދުމަތް ނެތުމުން ކޮންމެ އަހަރަކުވެސް އާސަންދައިގެ ދަށުން 1.000 އެއްހާ މީހުން ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. އެހެންކަމުން، މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭން ފެށުމުން، އެ ކަންކަމަށްވެސް ޙައްލެއް ލިިބިގެންދާނެކަމަށް ބެލެވެއެވެ.