ޚަބަރު

އަދީބު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފުރުވާލަން ހުއްދަ ދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހުކުމް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދީފިއެވެ.

Ads by STELCO

ކަރެކްޝަނުން މިއަދު ބުނީ މަނީ ލޯންޑްރިންގެ ކުށުގައި ހުކުމްތަންފީޒު ކުރަމުންދާ އަދީބް ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ މެޑިކަލް ބޯޑުގެ ލަފައާއެކު އެ ސަރވިސްއިން ދީފައިވާ ކަމަށެވެ.

އަދި ރާއްޖެއިން ބޭރުގައި ހުންނަ މުއްދަތުގައި އެސަރވިސް އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މޮނިޓަރ ކުރަމުން ގެންދާނެ ކަމަށް ކަރެކްޝަނުން ބުންޏެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ޢަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ޙުކުމެއް އިއްވައި 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ 5 އޮކްޓޫބަރު 2020 ވަނަ އަހަރުއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ޢަދީބުގެ މައްޗަށް ދައުލަތުން އުފުލި ދަޢުވާތަކުގެ ތެރޭގައި ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދަޢުވާއާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދެ ދަޢުވާއާއި މަނީލޯންޑަރކުރުމުގެ ދެ ދަޢުވާގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ ހިމެނޭހެން ޖުމަލް ހަތް ދަޢުވާއެވެ.

މިހުރިހާ ދަޢުވާއަކަށް އަދީބުގެ މައްޗަށްވަނީ 20 އަހަރުގެ ޖަލު ޙުކުމް އިއްވާފައެވެ. އަދީބާ ދެކޮޅަށް ދައުލަތުން އުފުލި ހަތް ދަޢުވާއާއި ގުޅިގެން ދައުލަތާއި އަދީބާ ދެމެދު އިޢުތިރާފްގެ އެއްބަސްވުމެއް ޤާއިމްކުރުމުން އަދީބުވަނީ ހުރިހާ ދައުވާތަކަށް ކޯޓުގައި އެއްބަސްވެފައެވެ.

އަދީބު ޖަލަށްލާން ހުކުމް ކުރިނަމަވެސް، ބަލި ޙާލަތަށް ރިޔާޢަތްކުރައްވާ ގޭބަންދަށް އޭނާ ވަނީ ބަދަލުކުރައްވާފައެވެ.

Ads by HDC
  1. ދޮށީބޭ

    ޢަލީވަޙީދު އަންނަނީ!!؟ އަދީބު ދަނީި އެންމެން ހަމަވާނޭދުވަހެއްނާދޭ.! އިބުރާހީމް އިންތިޚާބު ކާމިޔާބުކުރަނީ. ޔާމީނު،ޖަލުގަހުންނަން މަޖުބޫރުވީ.. އިމްރާން އުފަލުން ނަށަނީ.. ސަބަސަބާސް .