ގައުމެއް މިވަރަށް ފަސާދަވެއްޖެނަމަ، އެތަނަށް ދެން ބޭނުންވާނީ ނަބިއްޔަކުކަމަށް ކުރީ ބަންޑާރަ ނާއިބު ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.
އިއްޔެ މީޑިއާތަކުން ފާހަގަވި މުހިންމު ޚަބަރުތައް ހިމަނުއްވައި ކުރެއްވި ޓްވީޓެއްގައި ދިޔާނާ ވިދާޅުވީ މިއީ ފަހު ޒަމާންކަމަށާއި ދެން އޮންނާނީ ރަސޫލާގެ ރިސާލަތު ދިރުވުން ކަމަށެވެ. އަދި އެކަން ކުރަން ތިބި މީހުންވެސް ތިބީ ފަސާދަވެ ނިމިފައިކަމަށް އޭނާ ވިދާޅުވިއެވެ.
"މުސްކުޅިން ބުނެއުޅޭ ގައުމެއް މިވަރަށް ފަސާދަ ވެއްޖެނަމަ އެތަނަށް ދެން ބޭނުންވާނީ ނަބިއްޔަކުުކަމަށް. މިއީ ފަހު ޒަމާންކަމަށްވީމަ ދެން އޮންނާނީ ރަސޫލާގެ ރިސާލަތު ދިރުވުން. އެކަން ކުރަން މިތަނުގަ ތިބި ގިނަ މީހުންވެސް ތިބީ މި ފަސާދަޔަށް ގެނބި ނިމިފަ" ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާ ކުރެއްވި ޓްވީޓްގައި ހިމަނުއްވާފައިވަނީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ މޭސްތިރިޔާ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރަށް ފުރުމަށް ކަރެކްޝަންސްއިން ހުއްދަ ދިން ޚަބަރާއި، ޖިންސީ ގޯނާގެ ދައުވާ ތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޖަލު ޙުކުމް ބާތިލް ކުރުމާއިއެކު އޭނާ ރާއްޖެ އައި ޚަބަރާއި، އަދި ހައިކޯޓުގެ ފަނޑިޔާރުން ޗުއްޓީ ނެގުމާއި ގުޅިގެން ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްޤައްޔޫމް ގެ އިސްތިއުނާފް މައްސަލަ މަޑު ޖެހުނު ޚަބަރެވެ.
އެމްޑީޕީ އައް ޖާބިރު އެގެންދިޔައި އެހެންވެދޯ؟
ދުނިޔޭގަ އިންސާނުންގެ ގާތަށް ނަބިއްޔުންނާ ރަސޫލުން ފޮނުއްވަނީ ކީރިތި ﷲ އެކަމަށް ކަނޑައަޅުއްވާ ނިންމެވުމަށްފަހު އެވެ. އެއީ ދިޔާނާސައީދުފަދަ ބަލިކަށި ނިކަމެތި އިންސާނަށް ފެނިގެނެއްނޫނެވެ. އަދިނަބީންނާ ރަސޫލުންނަކީ އަންނި ބަންޑަރަނައިބުކަން ދޭހެން ހިނގާކަމެއްނޫނެވެ.
ދެން ނަބިއްޔަކުވެސް ރަސޫލަކުވެސް ނުފޮނުއްވާނެ، އެންމެ ފަހުގެ ރަސޫލާ މިވަނީ ރަސޫލުކަން ހަތިމް ކުރައްވާ އެންމެ ފުރިހަމަ ދީނާއިގެނ ވަޑައިގެން އިސްލާމް ދީން ފުރިހަމަ ކޮށްދެއްވާ ނަބީކަންވެސް ހަތިމް ކުރައްވާފައި، އިންސާނުން ޖެހެނީ އިސްލާމް ދީން އުގެނި ދަސްކޮށްގެން މަތިވެރި ހިދާޔަތާއި އެއްގޮތަށް ތިމާގެ އަމަލު ސީދާކުރަން !