ޚަބަރު ސަރުކާރު

ރިޔާސީ އިންތިޚާބު 2023: އޮންލައިންކޮށް ރީ ރެޖިސްޓްރީ ވެވޭނީ ޖުލައި 29 އާއި ހަމައަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މި އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރަޖިސްޓްރީވެފައި ވާ ތަން ނޫން އެހެން ތަނެއްގައި ވޯޓު ލުމަށް ރީ-ރަޖިސްޓަރވުމަށް މިމަހު 16 އޯގަސްޓު މަހުގެ 5 އަށް ހުޅުވާލި ނަމަވެސް އޮންލައިންކޮށް ރަޖިސްޓްރީ ވެވޭނީ މިމަހުގެ 29 އާއި ހަމައަށް ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

Ads by STELCO

އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ އެހެންނަމަވެސް 29 ފެށިގެން ގޮސް 5 އޮގަސްޓާއި ހަމައަށް ފިޒިކަލް ފޯމްތަކުގައި ކައުންޓަރުތަކުންނާއި ރަށްރަށުގެ ފޯކަލް ޕޮއިންޓްތަކުން ފޯމުބަލައިގަންނާނެ ކަމަށެވެ

"ރީ ރަޖިސްޓްރޭޝަން އަޅުގަނޑުމެން މި ހުޅުވާލަނީ މިމަހުގެ 16 އިން ފެށިގެން ގޮސް އަންނަ މަހުގެ 5 އާއި ހަމައަށް. އެކަމަކު އަޅުގަނޑުމެން އޮންލައިންކޮށް ރަޖިސްޓްރޭޝަން މިބަލައިގަންނަނީ 16 ވަނަ ދުވަހުންފެށިގެން ގޮސް މިމަހުގެ 29 ވަނަ ދުވަހާއި ހަމައަށް. ދެ ހަފްތާ. ފުރަތަމަ ދެހަފްތާ އެކަނި އޮންލައިން ކޮށް އޮންނާނީ އެކަމަކު ހަމަ 29 ފެށިގެން ގޮސް 5 އޮގަސްޓާއި ހަމައަށް ފިޒިކަލް ފޯމްތަކުގައި ކައުންޓަރުތަކުންނާއި ރަށްރަށުގެ ފޯކަލް ޕޮއިންޓްތަކުން ފޯމުބަލައިގަންނާނެ." ޒަކަރިއްޔާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިގޮތަށް ނިންމީ އީސީގެ ސިސްޓަމްތެރެއިން ވެރިފައި ކުރަންޖެހޭ ކަންކަން ވެރިފައި ކުރުމަށާއި ދިމާވެދާނެ އެހެން ޓެކްނިކަލް ކަމެއްގެ ސަބަބުން އެންމެ ފަހު ވަގުތު މީހެއްގެ ވޯޓްދިނުމުގެ ހައްގު ގެއްލުނަ ނުދިނުމަށް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!