ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ

ސަޕްލައި ދޯންޏަކާއި ލޯންޗެއް ޖެހި ލޯންޗް ބަންޑުން ޖަހާލައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލޯންޗްގައި އިން މީހަކަށް އަނިޔާ ވެއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ ސަޕްލައި ދޯންޏަކާއި ލޯންޗެއް ޖެހި މި ނުރައްކާތެރި އެކްސިޑެންޓެންޓް ހިނގާފައިވަނީ ކ. މާފުށި ކައިރިން ކަމަށެވެ. އަދި އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހެނދުނު 6:50 ހާއިރު ކަމަށާއި މިހާރު އެ ސަރަހައްދުގައި ކޯސްޓްގާޑް ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
އެކްސިޑެންޓްގައި އެކެއްގެ ބޮލަށާއި ކޮނޑުހުޅަށް އަނިޔާވެފައިވާ ކަމަށާއި މިހާރު އިތުރު ފަރުވާއަށް އެ މީހާ މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެކްސިޑެންޓްވި ލޯންޗަކީ މަސްވެރިކަމުގައި އުޅުނު ލޯންޗެއް ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.