މޯދީއަށް ފްރާންސްއިން ރަތް ދޫލައިގެ މަރުހަބާއެއް

ފްރާންސްގެ ޖެޓުތަކާއި ސަބްމެރިން ގަތުމަށް ނިންމާފައިވާ ޕްލޭންތަކަށް ރުހުން ދޭނެ ކަމުގެ އިޝާރާތެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފަރަންސޭސިވިލާތަށް ވަޑައިގެންފިއެވެ.
މޯދީ މިދިޔަ ބުރާސްފަތި ދުވަހު ޕެރިހަށް ވަޑައިގެންނެވީ ވެރިރަށް ޕެރިހުގައި ބޭއްވި ބަސްޓިލް ޑޭ ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކަށް އިންޑިއާގެ ލީޑަރު ހަމަޖެއްސެވި ރައީސް އިމަނުއެލް މެކްރޮންގެ ދައުވަތަކަށެވެ.
އަންނަ ހުކުރު ދުވަހު އިންޑިއާ އިން ބާއްވާ އަސްކަރީ ޕެރޭޑުގައި އިންޑިއާގެ ވައިގެ ސިފައިން ފްލައި ޕާސްޓެއް ހުށަހަޅައިދޭނެ އެވެ.
ފުރާވަޑައިގަތުމުގެ ކުރިން މޯދީ ވިދާޅުވީ ޒަމާންވީ އަދި ޒަމާނުއްސުރެ އިމްތިހާނު ކުރެވިފައިވާ ޕާޓްނާޝިޕެއް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ޕެރިސް ކައިރީގައި އޮންނަ އޯލީ އެއާޕޯޓުން ހިންދޫ ނޭޝަނަލިސްޓް ލީޑަރަށް މަރުހަބާ ދެންނެވީ ފްރާންސްގެ ބޮޑުވަޒީރު އެލިޒަބެތު ބޯން އެވެ. އެއަށްފަހު މެކްރޮންއާއެކު ލޫވްރ މިއުޒިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ފަރަންސޭސިވިލާތާއި އިންޑިޔާގެ ޚިޔާލު ތަފާތުނަމަވެސް، މި ޚިޔާލުތަކުގެ ސަބަބުން އެ ދެޤައުމުގެ ގުޅުމުގެ ބިންގަލަށް އަސަރުކުރާނެ ކަމަކަށް ނުބެލެވޭކަމަށް ތަޖުރިބާކާރުން ބުނެއެވެ.