ޚަބަރު

އިދިކޮޅުން ރައްޔިތުންނަށް ވިއްކަނީ ނަފްރަތު: ޝާހިދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފޮރިން މިނިސްޓަރު ޝާހިދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އާއިއެކުގައި

އިދިކޮޅު ފަރާާތްތަކުން އާއްމުންނަށް ވިއްކަނީ ނަފްރަތު ކަމަށާއި، އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވައިލައި ހިންގާ ކެމްޕެއިން އިދިކޮޅުން ކުރިއަށް ގެންދަނީ އިތުރު ކަމެއް ކުރެވެން ނެތުމުން ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަރވިޔުއެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި، އިންޑިއާ އައުޓް ކެމްޕެއިން ކުރިއަށް ގެންދަނީ، ރައްޔިތުންނަށް ވިއްކާނެ ޚިޔާލެއް އަދި ސިޔާސަތުތަކެއްވެސް ނެތް ބައެކެވެ.

މިނިސްޓަރު ވަނީ އިންޑިއާ އައުޓް ކެމްޕެއިނުގައި ވިއްކާ އެއްޗެއް ރައްޔިތުން ބަލައިނުގަންނަ ކަމަށާއި، އެ ހަރަކާތަށް ތާއީދެއް ނެތް ކަމަށް ވެސް ވިދާޅުވެފައެވެ.

ޝާހިދުގެ އިންޓަރވިޔުގައި ވަނީ އެ ޤައުމާއި ރާއްޖޭގެ ދެމެދު ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވައިލައްވައި، އިންޑިއާގެ އެކެސްޓާރނަލް އެފެއަރޒް މިނިސްޓަރު ޑރ. ޖަޔަޝަންކަރް އާއި ބައްދަލުކުރައްވައި އެ ޤައުމުގެ އެހީގައި ރާއްޖޭގައި ހިންގެމުންދާ މަސައްކަތްތައް ކުރިއަށް ދާ ގޮތާއިމެދު މަޢުލޫމާތު ބަދަލުކުރެވިގެންދިޔަ ކަމަށް ވިދާޅުވެފައެވެ.

"އިންޑިއާ އައުޓް" ކެމްޕެއިން ފެއްޓެވީ އެމަނިކުފާނުގެ އިސް ނެންގެވުމަށް ކަމަށް އިދިކޮޅު ލީޑަރު ރައީީސް ޔާމީން މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ރައީީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖެއިން އިންޑިއާ ސިފައިން ބާލާނެ ކަމަށެވެ.

  1. މިވެރިން

    ސަރުކާރުންް ވިއްކަނީީ ދިވެހިފަސްގަޑާާ ދިވެހިމަސްކަޑުު ދެންް މިރާއްޖެއައްް އެތަންތަންލިބުމަކީީ ވާނެކަމެއްގެެ ގޮތަކައްނުފެނޭޭ