Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

ރާއްޖެއިން ބޭރުގައި ތިއްބެވި ފަރާތްތަކަށް އޮންލައިންކޮށް ރީ-ރަޖިސްޓަރ ނުވެވޭނެ: ފުވާދު

ރާއްޖެއިން ބޭރުގައި ތިއްބެވި ފަރާތްތަކަށް އޮންލައިންކޮށް ރީ-ރަޖިސްޓަރ ނުވެވޭނެ: ފުވާދު

އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް އޮންލައިން ކޮށް ރީ-ރަޖިސްޓްރީ ވުމުގެ ފުރުސަތު މިފަހަރު ހުޅުވާލައިފައިވީ ނަމަވެސް ރާއްޖެއިން ބޭރުގައި ތިއްބެވި ފަރާތްތަކަށް އޮންލައިންކޮށް ރީ-ރަޖިސްޓަރ ނުވެވޭނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.

އާއްމު ފަރާތަކުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވާ ކުރެއްވި ޓްވީޓެއްގައި ފުވާދު ވިދާޅުވީ ކޮލަމްބޯ, ޓްރިވެންޑްރަމް، ލަންޑަން އަދި ކުއާލަލަމްޕޫރް ފަދަ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުން އެރަށެއްގެ ހައިކޮމިޝަނަށް ފޯމުހުށައެޅުއްވުމަށް އެދޭކަމަށެވެ.

https://twitter.com/FuwadThowfeek/status/1681168068909891584?t=lUoaiq2-jgsnVC6f5Ep0yQ&s=19

Advertisement
Allied — Dhen Online (box)

ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ- ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވައިލައިފައިވަނީ މިމަހުގެ 16 އިން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް އޮންލައިންކޮށް ރަޖިސްޓްރީ ވެވޭނީ މިމަހުގެ 29 އާއި ހަމައަށް ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ. މިގޮތަށް ނިންމީ އީސީގެ ސިސްޓަމްތެރެއިން ވެރިފައި ކުރަންޖެހޭ ކަންކަން ވެރިފައި ކުރުމަށާއި ދިމާވެދާނެ އެހެން ޓެކްނިކަލް ކަމެއްގެ ސަބަބުން އެންމެ ފަހު ވަގުތު މީހެއްގެ ވޯޓްދިނުމުގެ ހައްގު ގެއްލުނަ ނުދިނުމަށް ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް