Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހިލޭ 20,000 ފްލެޓް ދީ, ހުރިހާ ސޯޝަލް ހައުސިންއެއްގެ ކުލި މައާފްކޮށްދޭނަން: ޤާސިމް

ހިލޭ 20,000 ފްލެޓް ދީ, ހުރިހާ ސޯޝަލް ހައުސިންއެއްގެ ކުލި މައާފްކޮށްދޭނަން: ޤާސިމް
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރާއްޖޭގައި އިތުރު 20,000 ހައުސިން ޔުނިޓް އަޅައި, އެއްވެސް ކުއްޔަކާ ނުލައި އެ ފްލެޓްތައް ދިވެހިންނަށް ކަމަށް އެ ޕާޓީގެ ޓިކެޓްގައި ވާދަ ކުރައްވާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ޒުވާނުންނަށް ހާއްސަކޮށްގެން "35-18" ގެ ނަމުގައި ޖޭޕީން ރާޅުގަނޑު ސަރަހައްދުގައި މިރޭ ބޭއްވި ހާއްސަ ހަރަކާތަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި ގާސިމް ވިދާޅުވީ، ޤާސިމްގެ ވެރިކަމެއްގައި އަޅުއްވާނެ ކަމަށް މީގެ ކުރިން ވައުދުވި 20,000 ފްލެޓަކީ އެއްވެސް ކުއްޔަކާ ނުލާ ދޭނެ ފްލެޓްތައް ކަމަށެވެ. މީގެ ކުރިން ވެސް ހިޔާ ފްލެޓާއި ސިފައިންގެ ފްލެޓްތަކުގެ ކުލި މާފު ކުރާނެ ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ. "އަޅުގަނޑުގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ދިމާއެއްގައި ވެސް ސަރުކާރުން ބޯހިޔާވަހިކަމަށް ދީފައިވާ ފްލެޓްކަމަށް ވިޔަސް، ގެކަމަށް ވިޔަސް، ދައުލަތަށް ލާރި ދައްކާކަމަށް ވަންޏާ އެ ހުރިހާ ފައިސާއެއް މާފުކޮށްދޭނަން" މިރޭ ޤާސިމް ވިދާޅުވިއެވެ.
އޭގެ އިތުރަށް އަޅުގަނޑުމެން ދަންވާފައި އޮންނާނެ 20،000 ހައުސިން ޔުނިޓް އަޅާ ވާހަކަ. އެ ހައުސިން ޔުނިޓްތައްވެސް ވެގެންދާނީ ރާއްޖޭގެ އަތޮޅުތަކުގައިވެސް އަދި މާލޭގައިވިޔަސް މި ދެންނެވި އުސޫލުން ފައިސާ ނުނަގާ ގޮތަށް
ޤާސިމް އިތުރަށް ވިދާޅުވީ, ޖޭޕީގެ ސަރުކާރެއްގައި ފްލެޓްތައް ދޭނީ ގެދޮރަށް ބޭނުންވެފައި ތިބި މީހުންގެ ތެރެއިން އެކަމަށް ގާބިލު، އެންމެ އެކަށީގެންވާ މީހުންނަށް ކަމަށާއި ފްލެޓް ދިނުމުގައި ޕާޓީގެ މީހަކަށް ނުބަލާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް