ލައިފްސްޓައިލް

އެކަކު އަނެކަކަށް ޖެއްސުން ކުރުމަކީ ލޯބިއިތުރުވާ ކަމެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ލޯބިވާ މީހުންނަށް ޖެއްސުން ކުރުމަކީ ގިނަބަޔަކު ކުރަމުން އަންނަ ކަމެކެވެ. ޚާއްސަ ކޮށް ޒުވާނުންގެ މެދުގައެވެ. ގުޅައިގެންނާއި ބައްދަލު ވެގެންނެވެ. ހީސަމާސާކޮށް ހެދުމަކީ ދެލޯބިވެރިންގެ ދެމެދުގައި ލޯބި އިތުރު ވާ ކަމެކެވެ.

Ads by Sosun Fihaara

މިސާލަކަށް އެކަކު ނިދާފައި އޮންނަ އިރު އަނެކަކު އޭނަގެ ލޯބިވެރިޔާގެ މޫނުގައި އެކި ޒާތްޒާތުގެ މޭކަޕު ކޮށް ހެދުމަކީ އާންމު ކަމެކެވެ. ދެމީހުންގެ ދެމެދުގައި ގުޅުން އިތުރަށް އާލާވެ ލޯބި ވެސް އިތުރު ވާ ކަމެކެވެ. ހަގީގަތުގައި މިފަދަ ލޯބިވެރިންނަކީ އެކަކު އަނެކަކު ރަނގަޅަށް ދަންނަ ބަޔަކަށް ވެގެން ދެއެވެ. އެންމެ ފުރަތަމަ ކަމަކަށް ދެ ލޯބިވެރިން ގުޅޭނީ ވެސް އެކަކު އަނެކަކު ރަނގަޅަށް ދަސްވުމަށް ފަހުއެވެ.

ލޯތްބަކީ އެކި ސިފަ ސިފައިގައި ދެއްކޭނެ އެއްޗެކެވެ. އެގޮތުން މީ އެއްގޮތެވެ. އެކަކު އަނެކަކަށް ސަމާސާ ކޮށް ޖެއްސުން ކޮށްގެންނެވެ. މިކަމުގެ ސަބަބުން އެކަކު އަނެކަކު ދެކެ ފޫހިވުމުން ދުރުކޮށްދެއެވެ. އުފާވެރި، މަޖާ ދިރިއުޅުމެއް އުޅެން އެހީވެދެއެވެ. ޔޫޓިއުބުގައި ވެސް އާންމު ވެފައިވާ ކަމެއް ކަމުގައި މިކަން ވަނީ ވެފައެވެ.

ހަމައެކަނި ލޯބިވެރިންނެއް ނޫނެވެ. އެކުވެރިކަމުގެ ގުޅުން ވެސް ވަރުގަދަ ކޮށްދޭ ކަމަކަށް ޖެއްސުން ކުރުން މިވަނީ ވެފައެވެ. އެކަކު އަނެކަކުވައިބުދިމާ ކުރުވުމަށް ގިނައިން ޖެއްސުން ކުރުމަކީ އެދެވިގެންވާ ކަމެކެވެ. އެހެންނަމަވެސް، އަނެކާގެ ހިތުގައި ޖެހޭ ފަދަ ގޮތަކަށް ނޫނެވެ. މިހެން މިކަންތައް ދާ ކަމުގައި ވާނަމަ ވީހާވެސް އަވަހަށް އެމީހަކާއި ޖެއްސުން ކުރުން ހުއްޓާލާށެވެ. ސަމާސާއަކީ ބައެއް ފަހަރު ވިހަވެސް ވާ އެއްޗެކެވެ.

ޙަޔާތުގެ ބައިވެރިއެއް އިޚުތިޔާރުކުރުމުގައި ގިނަބަޔަކު އެންމެ އިސްކަން ދޭ އެއް ކަމަކީ ތިމާގެ މިޒާޖާއި އަނެކާގެ މިޒާޖު ދިމާވޭތޯއެވެ. އެގޮތުން ޖެއްސުން ކޮށްލުމުން އަނެކާއަށް އޭގެ ސަބަބުން މަޖާވާކަން ނޫނީ ހިތްހަމަ ނުޖެހޭކަން ދެނެގަތުމަށް ފަސޭހަވާނެއެވެ. އަދި ޒަވާޖީ ޙަޔާތެއް ފެށުމުގެ ކުރިން ތިމާގެ ޙަޔާތުގެ ބައިވެރިއަކީ ތިމާގެ މިޒާޖާ ގުޅޭ މީހެއްތޯ ބަލަން ވާނެއެވެ. ހީސަމާސާ ކޮށް ޖެއްސުން ކުރުމަކީ ލޯބި އިތުރަށް ބޮޑުވާ ކަމަކަށް ވާތީއެވެ.

ޖެއްސުން ކުރުމަކީ ލޯބި އިތުރު ވާ ކަމެކޭ ދެންނެވިޔަސް ޖެއްސުން ކުރުމަށްޓަކައި ވަކި އިމެއް އޮންނަން ވާނެއެވެ. އެ އިމުން ތިމާ ބޭރު ވެއްޖެނަމަ ތިމާއަށް އެޅޭ ޅައެއްޗެއްގެ ސަބަބުން ތިމާގެ މުޅި ދިރިއުޅުން ހަލާކު ވެދާނެއެވެ. މަޖާކޮށް ޖެއްސުން ކުރަން ވާނީ އެކަން ކުރެވޭ ވަރުގެ މީހަކާއެކުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!