Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޕީޕީއެމްއަށް އޮތް އުންމީދަކީ ޤާސިމް, ގޮތް ދޫނުކޮށް ތިއްބާ ހީނުކުރާ ކަހަލަ ނަތީޖާއެއް އައިސްދާނެ: އަމީން

ޕީޕީއެމްއަށް އޮތް އުންމީދަކީ ޤާސިމް, ގޮތް ދޫނުކޮށް ތިއްބާ ހީނުކުރާ ކަހަލަ ނަތީޖާއެއް އައިސްދާނެ: އަމީން
މިހާރު ރާއްޖޭގެ ސިޔާސީ މަޝްރަޙް ތަރުތީބުވެފައި އޮތް ގޮތުން އިދިކޮޅު ޕީޕީއެމްއަށް އެންމެ ރަނގަޅު ގޮތަކީ  ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ކެނޑިޑޭޓް ޤާސިމް އިބްރާހީމްގެ ފަހަތަށް އެރުން ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާޙިމްގެ ތަރުޖަމާނު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. ޒުވާނުންނަށް ހާއްސަކޮށްގެން "35-18" ގެ ނަމުގައި ޖޭޕީން ރާޅުގަނޑު ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި އަމީން ވިދާޅުވީ,  ރާއްޖޭގެ ސިޔާސީ މަޝްރަޙް ބައްޓަން ވެގެންދާ ގޮތަށް ބަލާއިރު, ސިޔާސީ މަޝްރަޙް ދިރާސާ ކުރައްވާ ވަރަށް ގިނަ ބޭފުޅުން މިއީ ޤާސިމްގެ ފަހަރުކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އަދި ޤާސިމްގެ ތަޖުރިބާތަކާއި, ވައުދުތަކާއި, ރައްޔިތުންނަށްޓަކައި ކޮށްދީފައިވާ މަސައްކަތްތަކަށް ބަލާލުމުން ވެރިކަމަށް އެންމެ ރަނގަޅު ފަރާތަކީ ޤާސިމްކަން ގިނަ ދިވެހި ރައްޔިތުން ޤަބޫލު ކުރާ ކަމަށް އަމީން ވިދާޅުވިއެވެ. އަމީންގެ ވާހަކަފުޅުގައިވަނީ އިދިކޮޅު ހުރިހާ ޕާޓީއަކުން އެއް ކެނޑިޑޭޓަކު ނެރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. އަމީން ވިދާޅުވެފައިވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމްއަށް ވެސް މި އިންތިޚާބުގައި އެންމެ ރަނގަޅު ގޮތަކީ ޖޭޕީގެ ފަހަތަށް އެރުން ކަމަށެވެ. "އިދިކޮޅު އެންމެ ބޮޑު ޕާޓީއެއްގެ ގޮތުގައި މި ފާހަގަ ކުރެވެނީ ޕީޕީއެމް. އަޅުގަނޑުމެން މިހާރު ރާއްޖޭގެ 40-50 ރަށްރަށް ދަތުރުކުރެވުނުއިރު އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ, ޕީޕީއެމްގެ ވަރަށް ގިނަ މެންބަރުން އެބަ ބޭނުންވޭ އުންމީދެއް, އެ ބޭފުޅުން އެބަ ބޭނުންވޭ, ރިޔާސީ އިންތިޚާބަށް ހަތަރު ފަސް އަހަރު ވަންދެން އެ ބޭފުޅުން ކުރި އިންތިޒާރަށް ފޮނި ޖަވާބެއް" އަމީން ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ ފޯމިއުލާއެއް ނެރެން ޖެހޭ, އެ ފޯމިއުލާއަކީ ޤާސިމްގެ ފަހަތަށް އެރުން ކަމަށެވެ.
އަޅުގަނޑު ދަންނަވާނީ ޕީޕީއެމްއަށް އޮތް އުންމީދަކީ ޤާސިމް އިބްރާހީމޭ. ސަބަބަކަށް ވަނީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަށް މިވަގުތު ދިމާވެފައި ހުރި ހާލަތުން މިންޖުވުމަށްޓަކައި, އަރައިގަތުމަށްޓަކައި އެ ބޭފުޅުން އެދޭފަދަ މިންޖުވުމަކަށް ދެވެން އޮތީ ޤާސިމާއެކު
އަމީން އިތުރަށް ވިދާޅުވީ ޤައުމަށްޓަކައި ތިމާ ކުރިޔަށް ޖެހެންވާ ވަގުތުތަކާއި, ކުޑަކޮށް ފަހަތަަށް ޖެހިލަންވާ ވަގުތުތައް އަންނާނެ ކަމަށާއި މީގެ އެންމެ ރީތި މިސާލަކީ ޤާސިމް އިބްރާޙީމް ކަމަށެވެ. އަދި މިފަހަރަކީ ޤާސިމް އިބްރާހީމް ދެތިން ފިޔަވަޅު ކުރިޔަށް ޖެހެންވީ ވަގުތު ކަމަށް ވިދާޅުވިއެވެ. "އަޅުގަނޑުމެން ގޮތް ދޫނުކޮށް ހިފަހައްޓައިގެން ތިބެއްޖެ ކަމަށްވާނަމަ އަޅުގަނޑުމެން ހީނުކުރާ, އުންމީދު ނުކުރާ ގޮތަށް ކަންތައް ވެގެންދާނެ" ޕީޕީއެމްގެ ކެނޑިޑޭޓަކީ, އަދި ކޮމަން ކެނޑިޑޭޓެއްގެ ގޮތުގައި ނެރޭނީ ރައީސް ޔާމީންކަމަށް ތަކުރާރުކޮށް ދައްކަމުން އަންނަ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން އަމީން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް