ހުތުބާގައި ސައްހަ ނޫން ހަދީޘެއް ކިޔުމުން އިލްމުވެރިން ކަންބޮޑުވުން ފާޅުކޮށްފި

މިއަދުގެ ހުކުރު ހުތުބާގައި ސައްހަ ނޫން ހަދީޘެއް ކިޔުމުން އިލްމުވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
"އާޝޫރާ ދުވަހުގެ މާތްކަން" މި މައުލޫގައި މިއަދު ކީ ހުކުރު ހުތުބާގައި ސައްހަ ނޫން ހަދީސެއް ހިމަނާފައިވާތީ އެކަަމާ ބައެއް އިލްމުވެރީން ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި އާޝޫރާ ދުވަހުގެ މާތްކަންކަމުގެ މިސާލުތައް ވަނީ ތަފްސީރު ފޮތްތަކުގައި ބަޔާންވެގެންވާ ކަމަށް ބުނެ ކިޔައި ދެއްވާފައެވެ. މިގޮތުން ރަސޫލުންގެ ހަޔާތުގެ މުހިންމު ހާދިސާތަކުން ސަލާމަތްކަން ލިބިފައިވަނީ އާޝޫރާ ދުވަހުގައި ކަމަށް މިއަދުގެ ހުތުބާގައި ވަނީ ބުނެދީފައެވެ.
އެހެންނަމަވެސް ހުތުބާގައި ހިމަނާފައިވާ ގިނަ މިސާލުތަކަކީ ސައްހަ މިސާލުތަކެއް ނޫން ކަމަށް އިލްމުވެރީން ވިދާޅުވެފައިވެއެވެ. މިގޮތުން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ލ ސާބިތުނުވާ ވާހަކަތައް ހުތުބާގައި ގެންނެވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
އަދި ޝެއިޚް ޒަމްޒަމް ފާރިސް ވެސް ވަނީ އެކަން ފާހަގަ ކުރައްވާފައެވެ. އެކަންކަން ރަނގަޅު ކުރަން ބޭނުން ނަމަ ހުތުބާ ލިޔާ މީހާ އަކީ ކޮބައިކަން ހާމަ ކުރަން ޖެހޭ ކަމަށާއި އެހެން ނޫނީ ބޭނުންހާ އެއްޗެއް ލިޔެފައި ބޮނދައި އޮންނަންވީ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ހަމައެހެންމެ ކުރީގެ އުއްތަމަފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވެސް ވަނީ މިއަދުގެ ހުކުރު ޚުތުބާ ލިޔުއްވީ ކޮން ބޭފުޅެއްތޯ އައްސަވައި ސުވާލުކުރައްވައިފައެވެ. މީގެ އިތުރުންވެސް މިއަދުގެ ހުކުރު ޚުތުބާ ލިޔުއްވައި ފާސްކުރެއްވީ ކޮން ފަރާތަކުންތޯ އިލްމުވެރިން ދަނީ ސުވާލު އުފައްދަމުންނެވެ.






ކޮމެންޓް