ޚަބަރު

މާލޭގައި މިރޭ 5 ސިކުންތަށް ހަވާ އަރުވަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

މިރޭ މާލޭގައި ފަސް ސިކުންތަށް ހަވާ އަރުވަން ނިންމާފައިވާ ކަަމަށް އެެމްއެންޑީއެފް އިން ބުނެފިއެވެ.

Ads by STELCO
އެމްއެންޑީއެފުން ބުނީ މި ހަރަކާތަކީ މިނިވަން ދުވަހުގެ ފަރިތަކުރުންތަކުގެ ތެރެއިން ކުރިޔަށްގެންދާ ހަރަކާތެއް ކަމަށެވެ.
މި ހަރަކާތް ކުރިޔަށްދާނީ 21:30 އާއި 23:00 އާ ދެމެދުގެ ވަގުތެއްގައި، ގަލޮޅު ދަނޑުގައި ގާތްގަނޑަކަށް 5 ވަރަކަށް ސުކުންތަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަބަލުން ފަޒްނާ އަޙްމަދު ބާއްވަވާ ހާއްސަ ރަސްމިއްޔާތު އޮންނާނީ ޖުލައި 25 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ އިސްލާމީ މަރުކަޒުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!