ޚަބަރު

އަދީބުގެ ސިއްޙީ ފަރުވާ ނުނިމޭތީ، މަހަކަށްވުރެ ގިނަ ދުވަހުގެ މުއްދަތު އިތުރުކޮށްދީފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ސިއްޙީ ފަރުވާއަށް 10 ދުވަހުގެ ހުއްދައެއް ލިބިގެން މި މަހު 11 ވަނަ ދުވަހު ސިންގަޕޫރަށް ފުރާވަޑައިގެންނެވި، ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބަށް ދީފައިވާ މުއްދަތު އިތުރު ކުރުމަށް ކަރެކްޝަނަލް ސަރވިސްއިން ނިންމައިފިއެވެ.

Ads by Sosun Fihaara

ކަރެކްޝަންސްއިން މިއަދު ވިދާޅުވީ، އަދީބު ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް ދެވުނު މުއްދަތު ހަމަވުމުގެ ކުރިން، އެ މުއްދަތު އިތުރުކޮށްދެއްވުމަށް އެދި ހުށަހަޅާފައިވާ މެޑިކަލް ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް، އަދީބަށް ދެވިފައިވާ ހުއްދަ އަންނަ މަހު 28 އާ ހަމައަށް އިތުރުކޮށްފައިވާކަމަށެވެ.

މި މަހުގެ ހަތްވަނަ ދުވަހު، އަދީބުއަށް އެމެޖެންސީގައި ފަރުވާދީފައިވާއިރު، ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ކަރެކްޝަންސް އިން ހުއްދަ ދިނީ ރާއްޖޭގައި ފަރުވާ ދެވެން ނެތް ބަޔަކަށް ފަރުވާ ހޯދުމަށެވެ.

އަދި އަދީބު ފުރާވަޑައިގަތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ ސެކިއުރިޓީންގެ ބެލުމުގެ ދަށުންނެވެ.

އަދީބު ސިންގަޕޫރަށް ވަޑައިގަތުމަށް ހުއްދަދެވުނީ 10 ދުވަހަށް ކަމަށްވާއިރު އެ މުއްދަތު ވަނީ މިމަހު 21 އަށް ހަމަވެފައެވެ.

Ads by Allied Insurance
  1. އަދީބްގެ ޗުއްޓީގެ މުއްދަތު އިތުރުކޮށްލަ ދީފި !