ޚަބަރު ސިޔާސީ

އެމްއާރްއެމުން ރިޔާސީ ޕްރައިމަރީއަށް ހުޅުވައިލައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާ އެމްއާރުއެމުން ރިޔާސީ ޕްރައިމަރީ އަށް ހުޅުވައިލައިފިއެވެ.

Ads by MWSC

މިއަދު ކުރި އިޢުލާނެއްގައި އެމްއާރުއެމުން ބުނީ، އެ ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު ހަތަރެއް ޖަހަންދެން ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

މި ޕްރައިމަރީ ބާއްވަން ނިންމައިފައިވަނީ، އަންނަ މަހުގެ އެއްވަނަ ދުވަހު، އޮންލައިންކޮށެވެ.

އެމްއާރްއެމުން ކުރި އިޢުލާނުގައިވާ ގޮތުން، ޕްރައިމަރީގައި ވާދަކުރެވޭނީ ޕާޓީގެ މެންބަރެއްގެ ގޮތުގައި އަހަރެއް ވެފައިވާ، ޕާޓީގެ އިޤްރާރުގައި ސޮއިކޮށް ހުށަހަޅާ ފަރާތްތަކަށެވެ.

ހަމަ އެއާއެކު، މި މަހުގެ 31 ވަނަ ދުވަހުގެ ހަވީރު ހަތަރެއް ޖެހުމުގެ ކުރިން، ކަމާބެހޭ މުއައްސަސާތަކުން ސާފުކުރަން ޖެހޭ މަޢުލޫމާތުތައް ސާފުކޮށް، ލިޔެކިއުންތަކުގެ ކޮޕީ ވެސް ހުށަހަޅަން ޖެހޭނެ ކަމަށް އެ އިޢުލާނުގައިވެއެވެ.

އިޢުލާނުގައި ވަނީ، އެމްއާރުއެމްގެ ރިޔާސީ ޕްރައިމަރީ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ވެސް އެކުލަވައިލައިފައެވެ.

އެމްއާރުއެމުން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށް އިޢުލާނުކޮށްފައި ވަނީ، އިންތިޚާބަށް އެއް ކެންޑިޑޭޓެއް ނެރުމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީ އާ އެކު މިއަދު މަޝްވަރާ ވެސް ކޮށްފައި ވަނިކޮށެވެ.

 

Ads by Ooredoo
  1. ހުސޭނުބެ

    ހަހަހަ! ފާރިޝަށް 1500 ސޮއި ހަމަނުވީ!