ޚަބަރު ސިޔާސީ

ކުރީގެ ނައިބު ރައީސް އަދީބުގެ މުހިންމު ސާޖަރީއެއް ކުރިއަށް ދަނީ!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ ލީޑަރ އަހުމަދު އަދީބް ސިންގަޕޫރުގައި މުހިންމު ސާޖަރީއެއް ކުރައްވަމުން އަންނަކަމަށް އެމްޓީޑީން ބުނެފިއެވެ.

Ads by STELCO

އެމްޓީޑީން ބުނިގޮތުގައި އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދަވަނީ 2015 ވަނަ އަހަރުން ފެށިގެން 2018 ޖަލުގައި ހުންނެވި ދުވަސްވަރު ދިމާވި ސިއްހީ މައްސަލަތަކުގެ ސަބަބުން ދިމާވެފައިވާ ކަންކަމަށެވެ.

ސިއްޙީ ފަރުވާއަށް 10 ދުވަހުގެ ހުއްދައެއް ލިބިގެން މި މަހު 11 ވަނަ ދުވަހު ސިންގަޕޫރަށް ފުރާވަޑައިގެންނެވި، އަދީބްގެ ބޭސްފަރުވާގެ ކަންކަން ނުނިމޭތީ އަދީބަށް ދީފައިވާ މުއްދަތު އިތުރު ކުރުމަށް ކަރެކްޝަނަލް ސަރވިސްއިން ވަނީ ނިންމައިފައެވެ. މިގޮތުން އެ މުއްދަތު އިތުރުކޮށްދެއްވުމަށް އެދި ހުށަހަޅާފައިވާ މެޑިކަލް ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް، އަދީބަށް ދެވިފައިވާ ހުއްދަ އަންނަ މަހު 28 އާ ހަމައަށް އިތުރުކޮށްފައިވާކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

މި މަހުގެ ހަތްވަނަ ދުވަހު، އަދީބުއަށް އެމެޖެންސީގައި ފަރުވާދީފައިވާއިރު، ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ކަރެކްޝަންސް އިން ހުއްދަ ދިނީ ރާއްޖޭގައި ފަރުވާ ދެވެން ނެތް ބަޔަކަށް ފަރުވާ ހޯދުމަށެވެ. އަދި އަދީބު ފުރާވަޑައިގަތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ ސެކިއުރިޓީންގެ ބެލުމުގެ ދަށުންނެވެ.

  1. ޖަރީމާ

    މި ޣައްދާރު ސަރުކާރަށް ދޮގުހެކި ބުނެދިނީތީ އޭގެ އިނާމެއްގެ ގޮތުން ސިންގަޕޫރުގާ އުފާފާޅުކޮށްލަން ފޮނުވާފަ އެހުރީ، ބޭސްފަރުވާނަމުގާ ގައުމުގެޚަޒާނާއިން ފައިސާދީގެން އާއިލާ އާއި ޕާޓީގެ ބައިގަނޑެއް ކަހާލައިގެން ގޮސް އަޗާތަޅާ މަޖާނަގަން ވެސް އެތައްދުވަހެއްގެ މުއްދަތެއް ދޮގުހެކި ދިންކަމުގެ އިނާމަކަށް ދޭނެ.

  2. އަލީ ލަޠީފް

    އަދީބުގެ ލޮލުގައި ހުރި މަސްކޮޅެއް ޖަހާފައި ހުރެގެން އެމަސްކޮޅު ނަގަންވެގެން މަމައިނަރ ސަރޖަރީއެއް ހަދަނީއެވެ. އައްސިކޮށްގެން އެމަސްކޮޅު ރިމޫވްކުރުމަށްފަހު އެލޮލުގައި ބޭސްގަނޑެއް އަޅާނެއެވެ. އާއްމުކޮށް އެހެން އަޅާ ބޭސްގަނޑުނައްޓާނީ 3 ދުވަސްފަހުންނެވެ.

  3. ޢާންމުމީހާ

    މުހިންމު ސާޖަރީ ކިޔާ ސާޖަރީ ވެސް ހުރޭ. މުހިންމު ސާޖަރީ އަކީ ކޮބާ؟