ޚަބަރު

ރައީސް ނަޝީދު ދައްކަވަނީ ސާބިތު ނުފިހޭ ސިޔާސީ ވާހަކަތަކެއް, ރައްދު ދޭން ވަގުތެއް ނެތް: މިއުވާން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ ހަކުރު ވިއްކަވަމުން ތާއީދު ކުރައްވާ ބޭފުޅެއް ކަަމަށް, ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެކަމާ ގުޅޭ ގޮތުން އޮންލައިން ނޫހަކާ ވާހަކަފުޅު ދައްކަވަމުން މިއުވާން ވިދާޅުވީ, "ސާބިތު ނުހިފޭ، ސިޔާސީ އެކަހަލަ ވާހަކަތަކަށް ރައްދު ދޭނެ ވަގުތެއް ނެތް،" ކަމަށެވެ.

އައްޑޫ ސިޓީ ފޭދޫގައި މިރޭ ބޭއްވި ހަރުގެ ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވަނީ ވަރަށް ސީރިޔަސް ތުހުމަތެއް ކުރައްވާފައެވެ.

"ރައީސް ޞާލިޙްގެ އެއް ބައިވެރިއެއް, ޖާބިރު އެބަ ބުނުއްވާ, ރަައީސް ޞާލިޙް އަދި އިތުރަށް މަސްތުވާތަކެތި ފަސޭހަކޮށްދެއްވާނެ ވާހަކަ. އަޅުގަނޑަށް ނުފެނޭ މަޖަލަކަށް ހަދައިގެން ވެސް މި ބާވަތުގެ ވާހަކަ ދައްކާކަށް." ރައީސް ނަޝީދު އިޝާރާތް ކުރެއްވީ, ސީއެންއެމްގެ ޕްރޮގްރާމެއްގައި ޖާބިރު ދެއްކެވި ވާހަކަފުޅަށެވެ. އެގޮތުން ޖާބިރު ވަނީ ދެވަަނަ ދައުރަކަށް ރައީސް ޞާލިޙް ހޮވިއްޖެނަމަ މަރުވާނާ ރާއްޖޭގައި ވިއްކުމުގެ ލައިސެންްސް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. މިކަމާ ގުޅިގެން ސަރުކާރުން އެއްވެސް އެއްޗެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ޖާބިރަކީ ވަނީ ދާދިފަހުން އެމްޑީޕީއާ ގުޅިވަޑައިގެން ވަރަށް އެކްޓިވްކޮށް, ކެންޕެއިންގައި މަސައްކަތް ކުރައްވަމުންނެވެ. ޖާބިރަކީ މިފަދަ ވާހަކަތައް ވަރަށް ގިނައިން ވިދާޅުވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ

"ރައީސް ޞާލިޙް ވެސް އަތް ޖައްސަވަންށޭ މި އިންނަވަނީ, އެއީ މަޖާ ކަމެއް ނޫން. އަދި ޖާބިރު އަބަދު ދައްކަވާ ވާހަކަ ވެސް މަޖަލެއް ނޫން. އެހެން ވާހަކަ ދެއްކެވީމަ ރައްޔިތުންގެ ތެރޭގައި ވަރަށް ބޮޑެތި އޮޅުން އަރައިގެންދަނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ މިހެން ހެއްދެވިކަން، އެކަމަށް ތާއީދުކުރައްވައިގެން އިންނަވާކަން. އެއީ ހަކުރު ވިއްކަން ތާއީދުކުރައްވާކަން, އެއީކީއެއް ބަލައިގަނެވޭނެ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

Ads by Ooredoo
  1. އެއްކަލަމީހާ

    އެހެންތާވާނީ ކޮރަޕްޝަނުންލިބޭ ލާރިގަނޑު ހޯދުމަށް ވަގުތު ދޭންޖެހޭ.

  2. އަބްދޫ

    ހަގީގަތަކީ މަސްތުގެ ހުރިހާތަކެތި ދިޔާވިޔަސް ހިއްކަސް މކިފަ ހުރިމީހެއްތަ ނަސީދަކީ. ބެސްތްފްރެންޑް ހައްޔަރުވުމާއި ވެރިކަމުގަ ހުރެގެން ހިކިއެއްޗެތިންސަލާމަތްވުމަށް ދިޔާތަކެތި ކިުން މިއީ ވެސް ތުހުމަތު