ފައިސަލް ރައީސް ޞާލިޙަށް: ޓެސްޓު ކުރެވިއްޖެ، ތިއީ ދުވަހަކުވެސް މިޤައުމު ނުދެކޭފަދަ ވެރިޔެއް
ރައީސް ސާލިހަކީ ދުވަހަކުވެސް މިޤައުމު ނުދެކޭފަދަ ވެރިޔެއް ކަމަށާއި އެމަނިކުފާނު ޓެސްޓު ކުރެވިއްޖެ ކަމަށް ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފުވައްމުލަކު ސިޓީގައި މިރޭ ބޭއްވި “އުފާވެރި އަމާން ރާއްޖެ” ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބުރައީސް ވިދާޅުވީ ރައީސް ޞާލިޙަކީ ޓެސްޓު ކުރެވިފައިވާ "ޕްރޫވަން" ޕްރޮޑަކްޓެއް ކަމަށެވެ.
“އަހަރުމެންގެ މައްޗަށް އަންގާފަ އޮންނަނީ ކޮންމެ ކަމެއް ކުރާއިރު ވެސް ހިޔާރުކުރާށޭ ރަނގަޅު މީހުން. އަހަރުމެންނަށް މިއޮތީ ޓެސްޓު ކުރެވިފައޭ. ޓެސްޓް ވެއްޖެއޭ، ޕްރޫވަން. ޕްރޫވަން ޕްރޮޓަކްޓެކޭ،" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ކޮންމެ ރަށަކަށް ބަލާލިޔަސް ތަރައްޤީގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި ކޮންމެ ޚިޔާލަކާއި ފިކުރެއްގެ މީހަކަށް ވިޔަސް ސަރުކާރުން އެ ރަށަކަށް ކޮށްދޭ މަޝްރޫއުތައް ބަލައިގަންނަން ޖެހޭ ކަމަށެވެ.
އަދި ރާއްޖެއަށް ބޭނުން ވަނީ އަމާންކަން ކަމަށާއި ރައީސް ޞާލިޙަކީ ރާއްޖެ ދުވަހަކުވެސް ނުދެކޭ ވަރު ރައީސެއް ކަމަށެވެ. އެހެންކަމުން ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ކޮންމެހެން ހޯދައިދޭން ޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ޓެސްޓުކުރެވިއްޖެ ދޮގާ މަކަރާ ހީލަތާ ވައްކަމާ ފޭރުމުގެއިތުރުން ގައުމަށް ގައްދާރުމުގައި މިފަދަ ދެވަނައެއްނެތް ވެރިއެއް ސާލިހަކީ
ތެދުފުޅެއް! ގައުމު މިހާވަރަށް ވިއްކާލި ވެރިއެއް އަދި މިގައު ނުދެކެ. ފާސަލަށް ސާބާސް ވަޒީފާގެ ބޫތު ކެވޭނީ ކިހާ ދުވަހެއް ވާންދެންބާ . މިކޮމެންޓު ޖަހާލަދީބަލަ