އެމްޑީޕީއާއި ޕީޕީއެމް ބޮޑުކޮށްދިން އަޅުގަނޑަށް ފުރުސަތު ނުދޭންވީ ކީއްވެތޯ: ޤާސިމް
ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދޭން, ޕީޕީއެމް އަދި އެމްޑީޕީއާއެކު ވެސް މަސައްކަތްކޮށް, އެ ޕާޓީތައް ބޮޑުކޮށްދީފައިވާނެ ކަމަށާއި, ޖުމްހޫރީ ޕާޓީން މިފަހަރު ވާދަކުރަން ނިކުތުމުން ފުރުސަތު ނުދޭންވީ ސަބަބެއް ވިސްނި ވަޑައިނުގަންވާ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ވީޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ, ހުރިހާ ޕާޓީތަކެއް ވެސް ބޮޑުވަނީ ޖޭޕީގެ ސަބަބުން ކަމަށެވެ. އެގޮތުން 2008 ވަނަ އަރާއި 2013 އަދި 2018ގައި ވެސް ޕާޓީތަކުން ފުރަތަމަ ބުރުގައި މަދު ވޯޓު ލިބުނު ނަމަވެސް, ދެވަނަ ބުރެއްގައި ކާމިޔާބު ވަނީ ޖޭޕީގެ ނުފޫޒުން ކަމަށް ޤާސިމް ވިދާޅުވިއެވެ.
"ފުރަތަމަ ހަނދުމަފުޅު ހުންނާނެ, ރައީސް ނަޝީދު އެމްޑީޕީ އުފައްދަވައިގެން ވެރިކަމަށް ވަޑައިިގެން 25% ލިބުނީ, އަޅުގަނޑަށް ލިބުނީ 16%. އަޅުގަނޑު ޕާޓީ ރެޖިސްޓްރީކޮށްގެން, ކެންޕެއިނަށް ނިކުތީ އިންތިޚާބަށް އެއްމަސް އޮއްވާ.. އަޅުގަނޑުމެން ބައިވެރިވެގެން ކޯލިޝަން ހެދީމަ, ރައީސް ނަޝީދަށް ވެރިކަން ލިބުނީ, 54% ލިބުނީ, ހަސަން ސައީދާއި އަޅުގަނޑާ" ޤާސިމް ވިދާޅުވިއެވެ.
"ދެން އައީ ޕީޕީއެމްގެ 2013ގެ އިންތިޚާބު, އެ އިންތިޚާބުގައި އެ ބޭފުޅުންނަށް ހޯދުނީ 25 ޕަސެންޓް, އަޅުގަނޑުމެންނަށް 24 ޕޮއިންޓް ކޮންމެވެސް ވަރެއް. ދެ ހާސް ވޯޓްގެ ތަފާތެއް އައީ. އެއީ, ރައީސް މައުމޫނާއި ސަން ޓްރެވެލް ސިޔާމް ވެސް އެ ޕާޓީގައި ހުރެގެން ރައީސް ޔާމީން ވެސް ހުންނަވައިގެން"
ގާސިމް ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި އޭނާ ތަޖުރިބާ ނުކުރަންވީ ސަބަބެއް ނެތް ކަމަށެވެ.
"ދިވެހި ރައްޔިތުން ތަޖުރިބާކޮށްލީމާ ނޫންތޯ އެނގޭނީ. ދިވެހި ރައްޔިތުން ވިސްނުންތެރިކަމާ އެކު ވިސްނާފައި މިތިބި ހާލަތުން ނަގައިދެވޭނެ މީހަކަށް ވެރިކަން ހަވާލުކުރިއްޔާ ކީއްތޯއޭ. އަޅުގަނޑާ ވެސް ހަވާލުކޮށްލިއްޔާ ނޫންތޯ އެނެގޭނީ. މުސްކުޅިން ބުނެ އުޅޭ ވަކަރަށް ޖަހާލީމަ ނޫންތޯ އެނގޭނީ ވަކަރުލާ މިންވަރެއް،" އޭނާ ވިދާޅުވިއެވެ.
ޤާސިމް ވެރިކަމަށް ކުފޫ ހަމަނުވޭ ކޮބާ މާމިނގިލީ ބިން 100 އަހަރަށް ދަމައިގެންފާ އަޅަންބުނ މޮޅުހޮސްޕިޓަލް