ޚަބަރު

ތިމަރަފުށިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ތ. ތިމަރަފުށީގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Ads by Hajj Corporation

އޮންލައިން ނޫހެއް ކަމަށްވާ " ސީއެންއެމް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފައްސި ވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެކެވެ. އަދި މި މީހާ ފައްސިވެފައިވާ ކަން އެނގިފައިވަނީ ކަރަންޓީނުގެ މުއްދަތު ހަމަވުމުން ހެދި ކޮވިޑް ޓެސްޓުގެ ނަތީޖާ އިން މިއަދު ހެނދުނުއެވެ.

ތިމަފަރަފުށީ ކައުންސިލުގެ ނައިބް ރައީސް އަހުމަދު އިބްރާހީމް އާ ހަވާލާދީ އެ ނޫހުގައި އިތުރަށް ބުނެފައިވާ ގޮތުގައި އެ ރަށުގައި ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ހާލަތު ވަރަށް ގާތުން ބަލަމުން އައި ކަމަށާއި އަދި އިތުރު މީހަކާއި ބައްދަލުނުވާ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. އެހެންކަމުން އެރަށް މޮނިޓަރިންގެ ހާލަތަށް ނުގެނައުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

މިއީ އެރަށުން ކޮވިޑް19 އަށް ފައްސިވި ފުރަތަމަ މީހާއެވެ. މީގެ ކުރިން އެ އަތޮޅު މަޑިފުށިން ވެސް ވަނީ އުމުރުން ދުވަސްވީ މީހަކު ފައްސިވެފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!