ހިންނަވަރުން 2 މީހަކު ކޮވިޑަށް ފައްސި ވެއްޖެ
ޅ. ހިންނަވަރުން 2 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
އެގޮތުން ހިންނަވަރުން ފައްސިވެފައި ވަނީ 78 އަހަރުގެ އަންހެނަކާއި 10 އަހަރުގެ ކުޑަ އަންހެން ކުއްޖަކެވެ.
މީގެ އިތުރުން ތ. ތިމަރަފުށިން ވެސް މީހަކު ވަނީ ފައްސި ވެފައެވެ. އެ ރަށުން ފައްސި ވެފައި ވަނީ 38 އަހަރުގެ ބިދޭސީ އެކެވެ.
މި އެންމެން ވެސް ކޮވިޑަށް ފައްސި އެނގުނީ ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުންނެވެ.
ހޯމް ކަރަންޓީނުގައި 14 ދުވަސް ވަންދެން ތިބެންޖެހޭއިރު، ކަރަންޓީނުން ދޫކޮށްލަނީ އެ މުއްދަތު ހަމަވުމުން ހަދާ ޓެސްޓުން އެ ބައްޔަށް އެމީހާ ނައްސި ވުމުންނެވެ.
Ads by Allied Insurance