Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޖޭޕީން ނިންމީ ރައީސް ޞާލިޙަށް ތާއީދު ކުރުމުގެ ބަދަލުގައި ވާދަ ކުރަން

ޖޭޕީން ނިންމީ ރައީސް ޞާލިޙަށް ތާއީދު ކުރުމުގެ ބަދަލުގައި ވާދަ ކުރަން

އަންނަ ރިޔާސީ އިންތިޚާބުގައި, އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރުމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ކައުންސިލުން މިއަދު މަޝްވަރާކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ލީޑަރު, ޤާސިމް އިބްރާހީމަށް ވަނީ އަރުވާފައެވެ. ނަމަވެސް މިއަދު އެ ޕާޓީން ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމުގައި ވަނީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ތާއީދު ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އެކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވަނީ, ރައީސް ޞާލިޙަށް ތާއީދު ކުރުމާއި ގުޅޭ ގޮތުން މެދު ޖޭޕީ ކައުންސިލުން ލަފައެއް ދޭން ލީޑަރު ޤާސިމް އިބްރާހީމް އެދިލެއްވުމުންނެވެ.

ރައީސް ޞާލިޙަށް ތާއީދު ކުރުމާއި ގުޅޭ ގޮތުން މިއަދު ލަފައަކަށް އެދުމުން, އެގޮތަށް ކުރިޔަށް ނުދާން ނިންމާ, ހުށެޅުން ބަލައި ނުގަންނަން ޖޭޕީގެ ކައުންސިލް އިއްތިފާޤުން މިއަދު ވަނީ ނިންމާފައެވެ.

Advertisement
Allied Insurance — Square (box)

ރިޔާސީ އިންތިޚާބުގައި އެމްޑީޕީ, ޖޭޕީގެ އިތުރުން ޕީޕީއެމް, ޑިމޮކްރެޓްސް, އެމްއެންޕީ އަދި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫން ވެސް ބައިވެރިވެވަޑައިގަންނަވައެވެ. މިހާތަނަށް އިންތިޚާބުގައި ބައިވެރިވާން ކެނޑިޑެސީ ފޯމް ހުށަހަޅާފައިވަނީ ޕީޕީއެމްއިން އެކަންޏެވެ. ޕީޕީއެމްގެ ކެނޑިޑެސީ ފޯމް, ކެނޑިޑޭޓް ޖަލު ހުކުމެއް ހުންނެވުމުން ބަލައި ނުގަންނަން ވަނީ އީސީން ނިންމަވާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް