Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޖޭޕީގެ ރަނިންމޭޓަކަށް ޑރ. ވަހީދު ހަމަޖައްސާ ވާހަކަ ދޮގުކުރައްވައިފި

ޖޭޕީގެ ރަނިންމޭޓަކަށް ޑރ. ވަހީދު  ހަމަޖައްސާ ވާހަކަ ދޮގުކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިންމޭޓަކަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަމަޖައްސަން ނިންމި ކަމަށް ބުނާ ޚަބަރު އެމަނިކުފާނު ދޮގުކުރައްވައިފިއެވެ.

ރަނިންމޭޓް ކަމަށް ރައީސް ވަޙީދު ނެންގެވި ޚަބަރު ޓްވީޓް ކުރައްވަމުން، ރައީސް ވަހީދު ވިދާޅުވީ އެއީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށެވެ.

ރައީސް ވަހީދު މިވަގުތު ހުންނެވީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ އެޑްވައިޒަރެއްގެ ގޮތުގައެވެ.

Advertisement
Ooredoo — Truecaller (box)

ރައީސް ވަހީދުގެ ކުށުގެ ރެކޯޑް ވަނީ މިއަދު ސާފުކޮށްފައެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް ޔާމީން އަބްދުލްޤައްޔޫމަށް ދީފައިވާއިރު، އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތް މައްސަލައިގައި ސުޕްރީމް ކޯޓުން މާދަމާ ޙުކުމް ކުރާނެއެވެ.

ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަ ކުރެއްވޭ ގޮތް ނުވެއްޖެނަމަ، ޕީޕީއެމްގެ އެހެން ކެންޑިޑޭޓެއް ނެރޭނެއެވެ. އެއީ ޕްލޭން ބީއެވެ. ޕްލޭން ސީގައި ވަނީ، ރިޔާސީ އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވާދަ ކުރުމެވެ.

ތަފްސީލް އަންނަނީ..

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް