ޚަބަރު ސިޔާސީ

ކެމްޕޭނުގެ ތެރެއިން އެހެން ކެންޑިޑޭޓެއްގެ ހައްގެއް ގެއްލޭނެފަދަ ކަމެއް ނުކުރާނަން: ފާރިޝް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން އެހެން ބަޔަކަށް އުނދަގޫވާނެފަދަ, ނުވަތަ އެހެން ކެންޑިޑޭޓެއްގެ ހައްގެއް ގެއްލޭނެފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ‬⁩އަމިއްލަ ގޮތުންވާދަކުރައްވާ ފާރިސް މަޢުމޫން އަރުވައިފިއެވެ.

Ads by Hajj Corporation

ކެނޑިޑެސީ ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަވަމުން ފާރިސް ވިދާޅުވީ ކެމްޕެއިންގެ މަސައްކަތްތަކުގެ ތެރެއިން އެހެން ބަޔަކަށް އުނދަގޫ ވާނެ ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.

އެ ރަސްމިޔާތުގައި ފާރިސް މަޢުމޫންގެ ރަނިންމޭޓުގެ އިތުރުން ސަޕޯޓަރުން ވަނީ ބައިވެރިވެރިވިއެވެ. ފާރިސްގެ ކެނޑިޑެސީ ފޯމާ ހަވާލުވެވަޑައިގަތީ އެކޮމިޝަންގެ ރައީސް ފުއާދު ތައުފީޤްއެވެ.

މީ މިހާތަނަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށައެޅި ދެވަނަ ކެނޑިޑޭޓެވެ.

އިންތިޚާބުގައި ވާދަކުރެއްވުމަށް ފާރިސް ފުރަތަމަ ނިންމެވީ އެމްއާރުއެމްގެ ޓިކެޓްގައެވެ. އެހެންނަމަވެސް 3000 މެމްބަރުން ހަމަނުވެގެން އެ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި އެ މައްސަލަ އޮތީ ސިވިލްކޯޓްގައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެމްއާރުއެމުން ހުޅުވާލި ފުރުސަތުގައި ފާރިސް މައުމޫން އެކަނި ނަން ހުށައެޅުވުމުން އޭނާއަށް ޓިކެޓް ދިނުމަށް ނިންމީ ޕާޓީގެ އެކްސްކޯއިންނެވެ.

Ads by Ooredoo
  1. ރިޔާސީ ކެނޑިޑޭޓުން ވަރަށް ތިޔާގެ އަހަރެއް ، މަސްވެރިކަމާއި އެންވެރިކަމާއި ދަނޑު ވެރިކަން ވެސް އެހާ ތިޔާގެތޯ ! ގޮޅީގައި އޮންނަން ޖެހުނަސް ގޮނޑި ބޭނުން !