Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސަރުކާރު

ހުވަދޫ އަތޮޅަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޞާލިޙް މާލެ ވަޑައިގެންފި

ހުވަދޫ އަތޮޅަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޞާލިޙް މާލެ ވަޑައިގެންފި

ހުވަދު އަތޮޅަށް ކުރެއްވި 3 ދުވަހުގެ ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ސާލިހު ރޭ މާލެ ވަޑައިގެންފިއެވެ.

ރައީސް ޞާލިޙް ހުވަދޫ އޮތޮޅަށް ކުރެއްވި މި ދަތުރުފުޅުގައިވަނީ، ގދ. ތިނަދޫ ފިޔަވާ ގދ. އަދި ގއ. ގެ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި ރައީސް ޞާލިޙް ވަނީ ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވާފައެވެ.

Advertisement
Ooredoo — Square (box)

އެގޮތުން ކޮނޑޭ ކައުންސިލްގެ އައު ޢިމާރާތާއި، ފެނަކަ އައު އިންޖީނުގެއާ އޮފީސް ޢިމާރާތް، ގއ. ދާންދޫގައި ފެނުގެ ޚިދުމަތް ރަސްމީގޮތުން ފަށްޓަވައިދެއްވައި ގއ. ކޮލަމާފުށީ ފެނަކަ އޮފީހާއި ވޮލީކޯޓް ހުޅުވައި، ގއ. މާމެންދޫ ސްކޫލުގެ އައު ޢިމާރާތް ވެސް ރައީސް ޞާލިޙް ވަނީ ހުޅުއްވައިދެއްވާފައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް