ޕީޕީއެމް އިން ވަކިވެވަޑައިގެން ޑރ. ވަހީދު ޖޭޕީއަށް

އިދިކޮޅު ޕީޕީއެމް އިން ރޭގެ ވަގުތެއްގައި ވަކިވެ ވަޑައިގަތް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު, ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމަވައިފިއެވެ.
ޕީޕީއެމްގައި 10 އަހަރު ހޭދަކުރެއްވުމަށްފަހު, ޑރ. ވަހީދު އެ ޕާޓީން ވަކިވެ ވަޑައިގަތީ އެ ޕާޓީގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް ނުދެއްވުމުންނެވެ. ވަހީދު ޕީޕީއެމުން ވަކިވެވަޑައިގަތީ އަންނަ މަހު 9 ގައި އޮންނަ އިންތިހާބަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ޕީޕީއެމުން ކެންޑިޑޭޓަކު ނެރެން ފުރުސަތު ލިބި އެކަން ނުކުރުމަކީ ޕާޓީގެ ލީޑަޝިޕުން ވީ ބޮޑު ޚިޔާނާތެއް ކަމަށް ވިދާޅުވެ ފޮނުއްވި ސިޓީއެއްގައެވެ.
މީގެ ދުވަސްކޮޅެއް ކުރިން ވެސް ވަހީދު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްއާ ބައްދަލުކުރައްވައިފައެވެ. އަދި މިއަދު ގާސިމްގެ ސަން އައިލެންޑް ރިސޯޓްގައި އިތުރު ބައްދަލުވުމެއް ކުރިއަށްދާ ކަމަށް ވަނީ އެނގިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި, ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާނީ މާދަމާ ރޭ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުމަށް ގާސިމްގެ އުފަން ރަށް އދ. މާމިގިލީގައި ބާއްވާ ހަފްލާގައެވެ.




.jpeg?prefix=media)

ކޮމެންޓް