ޚަބަރު ސިޔާސީ

ރައީސް ޔާމީން މިނިވަން ކުރަންދެން ރައީސް ޞާލިހާ ދެކޮޅަށް ޝުއޫރުފާޅު ކުރަމުން ގެންދަވާ:ޑރ.ޖަމީލް

އާއިޝަތު ނަޖާ ، ދެން އޮންލައިން

ރައީސް ޔާމީން މިނިވަންކުރަންދެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ދެކޮޅަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޝުއޫރު ފާޅުކުރަމުންދާ ދިއުން ވަރުގަދަކުރުމަށް ކުރީގެ ނައިބުރައީސް އަދި ރައީސް ޔާމީނުގެ އިސް ޤާނޫނީ ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙްމަދު އިލްތިމާސްކުރައްވައިފިއެވެ.

Ads by STELCO

ޑރ.ޖަމީލު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސް ޞާލިހްގެ ވެރިކަމުގެ ފަސް އަހަރުން 3 އަހަރެއްހައި ދުވަސް ރައީސް ޔާމީން ހޭދަކުރެއްވީ ޖަލުގައި ކަމަށެވެ. އަދި އެމުއްދަތުގައި އެމަނިކުފާނުގެ މަންމާފުޅު އަވަހާރަވެ، މޫނުފުޅު ދެކިލުމުންވެސް މަހުރޫމުކުރިކަމަށް ޑރ.ޖަމީލު ވިދާޅުވިއެވެ.

އިތުރަށް ޑރ.ޖަމީލު ފާހަގަކުރެއްވީ ޖަލު ބަންދުގައި ހުންނަވާއިރު ރައީސް ޔާމީނުގެ ޞިއްޙީ ޙާލުކޮޅުވެސް އަންނަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުން ކަމަށެވެ. އަދި އެމަނިކުފާނަކީ ދިވެހި ތާރީޚުގައި މިފަހުން އެންމެ ބޮޑަށް އަނިޔާ ލިބުނު ވެރިޔާކަމަށާއި، އެ އަނިޔާ ނުކުރައްވާކަމަށް ރައީސް ޞާލިހަށް ވިދާޅުނުވެވޭނެ ކަމަށެވެ.

"ހުއްޓުމެއް ނެތި މުޅި ރާއްޖެއިން ރ. އިބްރާހިމާ ދެކޮޅަށް ތިޔަ ފާޅުކުރާ ޝުޢޫރު ރ. ޔާމީން މިނިވަން ކުރަންދެން ވަރުގަދަ ކުރުމަށް ގޮވާލަން،" ރައީސް ޞާލިހް ކެމްޕެއިނު ދަތުރުތަކުގައި ވަޑައިގަތުމުން ރަށްރަށުގައި ޕީޕީއެމްގެ ސަޕޯޓަރުން ނުރުހުން ފާޅުކުރާކުރުމަށް ހިތްވަރުދެއްވައި ޑރ.ޖަމީލު ވިދާޅުވިއެވެ.

ފާއިތުވި އަހަރުގެ ޑިސެންބަރު މަހުގައި ރައީސް ޔާމީނުގެ މައްޗަށް ވ.އާރަށް މައްސަލާގައި އިއްވި 11 އަހަރުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް އެ މައްސަލައިގެ އަޑުއެހުންތައް ނުފެށި ލަސްވުމުގެ ސަބަބުން އެ މައްސަލަ ވަނީ ދިގުލައިގެން ގޮސްފައެވެ.

Ads by HDC
  1. އިސްމާއިީލް

    އެވަރަ ސޯލިހުއަށް ޕުރެސަރނުކުރެވޭނެ ޖަމީލަކަ މިހާރުވެސް ސޯލިހު އެވަނީ ބޮޑުތަނުން ފިޔަވަޅުއަޅާނެ އަދިވމާ ނޮހޮރުއްޕާންކުރަންޔާ ދެންޖަލަ ގަޅާލާނީ ސީދާ ޖަމީލް