ޚަބަރު ސިޔާސީ

ރައީސް ޔާމީންގެ މެސެޖެއް: ނުޙައްޤުން އަނިޔާ ދިނުމުގައި ރައީސް ނަޝީދު ވެސް ބައިވެރިވޭ

އާއިޝަތު ނަޖާ ، ދެން އޮންލައިން

އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ދި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވަގުތުން ވަގުތައް އިދިކޮޅު އިއްތިހާދުގެ ލީޑަރ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލާފައެވެ.

Ads by Hajj Corporation

އެވާހަކައަށް ރައްދު ދެއްވާ ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ އިސް ޤާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް އަހްމަދު މެދުވެރިކޮށް ރައްޔިތުންނަށް ވަކިން ޚާއްސަކޮށް ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންނާއި އާންމު މެންބަރުންނަށް މެސެޖެއް ފޯރުކޮށްދެއްވާފައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ނުހައްގުން ދެމުން މިދާ އަނިޔާތަކުގައި ރައީސް ނަޝީދުވެސް ބައިވެރިވެވަޑައިންނަވާކަމަށެވެ. އަދި އެމަނިކުފާނަށް ޝަރުއީ މަރުޚަލާގެ ތެރެއިން މި ސަރުކާރުން ދެމުން ގެންދިޔަ އަނިޔާތަކުގައި ރައީސް ރައީސް ނަޝީދަކީ ހިއްސާ ދާރެއްކަމަށް ވެއެވެ.

"ރައީސް ޔާމީން ޤަބޫލުފުޅު ކުރައްވަނީ އެމަނިކުފާނަށް މި އަނިޔާ ދިނުމުގައި އިސްކޮށް ހުންނެވީ ރައީސް އިބްރާހިމް ކަމުގައި ވާއިރު ހަމައެއްވަރަކަށް ޖޭއެސްސީގެ ތެެރެއިން ރައީސް ނަޝީދު މި އަނިޔާ ދިނުމުގައި ބައިވެރިވާކަން" ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ހަވީރު ކުރިޔަށް ދިޔަ ސުލްޙަވެރި އިހްތިޖާޖްގައި ރައީސް ޔާމީންގެ މެސެޖް ދެއްވަމުން ޑރ.ޖަމީލް ވިދާޅުވިއެވެ.

އޭގެއިތުރުން ޑިމޮކްރެޓްސްގެ ބޭފުޅުން ޖަހާ ސަކަރާތްތަކުގައި އިދިކޮޅުގެ އެއްވެސް ބޭފުޅަކު ބައިވެރި ނުވުމަށް ވެސް އެމަނިކުފާނު އިލްތިމާސްކުރެއްވި ކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ. ރައީސް ނަޝީދު، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މިހާރު އަޑުއުފުލަނީ ސިޔާސީ ބޭނުމެއް ހާސިލްކުރުމަށް ކަމަށް ވެސް ޑރ.ޖަމީލް ގެ ވާހަކައިގައި ވަނީ ފާހަގަވެގެންގޮސްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!