Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

މިހާތަނަށް ރާއްޖެ ދުށް އެންމެ ވަރުގަދަ 2 ޕޮލިޓީޝަނުންނަކީ ރައީސް ސޯލިޙުއާއި އަސްލަމް: ރަފިއްޔާ

މިހާތަނަށް ރާއްޖެ ދުށް އެންމެ ވަރުގަދަ 2 ޕޮލިޓީޝަނުންނަކީ ރައީސް ސޯލިޙުއާއި އަސްލަމް: ރަފިއްޔާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙު އާއި ރަންނިންމޭޓް މުޙައްމަދު އަސްލަމް އަކީ ރާއްޖެ މިހާތަކަށް ދުށް އެންމެ ވަރުގަދަ ދެ ސިޔާސީ ލީޑަރުންކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ނާއިބު ރައީސާ ޑރ. ޢާއިޝަތު ރަފިއްޔާ ވިދާޅުވެއްޖެއެވެ.

އެމްޑީއޭގެ ހުޅުމާލެ ޕޮލިޓިކަލް ސެންޓަރު ހުޅުވައިދެއްވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ މާލޭ ރައްވެހިންނަށް އުޖާލާ އަމާން އުފާވެރިކަން ގެނެސްދެއްވީ ރައީސް ޞޯލިޙުކަމަށެވެ. އެކަމަނާ ވިދާޅުވީ މާލެއިން ގޯތި ދޫނުކުރާތާ 50 އަހަރު ވެއްޖެކަމަށާއި، ރައީސް ޞޯލިޙުގެ ސަރުކާރެއްގައި މާލޭ ރައްވެހިންނަށް ގޯތި ދޫކޮށްފިކަމަށެވެ.

"މިހާތަނަށް މާލޭ ބޭފުޅުން ވެރިކަމަށް ވަޑައިގެން ކީއްތޯ ކުރެއްވީ؟ 50 އަހަރު ވެއްޖެ މާލޭ ރައްޔިތުންނަށް ގެއެއް ނުލިބޭތާ. އެއްވެސް ކަހަލަ މޫނަކަށް ކަނދުރާއަކަށް ނުބަލާ މިކަން ކޮށްދެއްވި ރައީސް އަކީ ރައީސް އިބޫ"

Advertisement
HDC — Sidebar (box)

ރަފިއްޔާ ވިދާޅުވީ މާލޭގެ ޒުވާނުންނާއި ރާއްޖޭގެ ހުރިހާ ރައްޔިތުން އުފާވެރި ބަނދަރަކަށް ދިއުމަަށް ތިބީ އަތުގުޅާލައިގެންކަމަށެވެ.

"އަޅުގަނޑުމެން ދެން ނުހުއްޓުވޭނެ. އަޅުގަނޑުމެންގެ ހިތްވަރެއް ވެސް ދެން ބައްޔެއް ނުކުރެވޭނެ. އަޅުގަނޑުމެން ދާނީ ކުރިއަށް ބާރަށް ކުރިއަށް އިންގޭތޯ. އިރާދަކުރެއްވިއްޔާ ނުވައެއް ސެޕްޓެމްބަރު 2023 ވާ ދުވަހަކީ އަޅުގަނޑުމެން އިބޫ އަސްލަމްއަށް ވޯޓު އަޅާ ފުރާލާނެ ދުވަސް" ރަފިއްޔާ ވިދާޅުވިއެވެ.

ރަފިއްޔާ ވިދާޅުވީ ރައީސް ޞޯލިޙާއި ރަނިންމޭޓް އަސްލަމް ވަރުގެ ޕެއާއެއް އަދި ރާއްޖޭގެ ސިޔާސީ ދާއިރާއަށް ނާންކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް