ޚަބަރު

ދިއްގަރު ރައްޔިތުން އެދޭ ގޮތަށް ބިން ހިއްކައި ދެއްވާނަން: މުޢިއްޒު

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ވެރިކަމަށް ވަޑައިގެންފި ނަމަ، މ. ދިއްގަރު ރައްޔިތުން އެދޭ ގޮތަށް ބިން ހިއްކައި ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީޔެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފިއެވެ.

Ads by STELCO

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މ. ދިއްގަރަށް ވަޑައިގެން މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރައްޔިތުންގެ އަޑު އަހައިގެން، އެ ރައްޔިތުން ބޭނުންވާ ގޮތަށް މަޝްރޫއުތައް ކުރިޔަށްގެންދާނެ ކަމަށެވެ.

އަދި މަސްވެރިކަމާއި ގުޅޭ މައްސަލަތަކަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭ ކަމަށާއި ރޯމަސް ގަންނަން ލިބޭ އަގު 20 ރުފިޔާއަށް ކުޑަކޮށް، ބޮޑުކަންނެލީގެ އަގު 80 ރުފިޔާއަށް ކުޑަކުރާނެ ކަމަށް މުޢިޢްޒު ވިދާޅުވިއެވެ.

“އަޅުގަނޑުމެން ގަސްދުކުރާ ގޮތަކީ ރާއްޖޭގައި ރޯމަސް ގަންނަ އެންމެ ދަށް އަގު 20 ރުފިޔާއަށް ހެދުން ކަމަށް އަޅުގަނޑު އިއުލާންކުރަން،" އޭނާ ވިދާޅުވިއެވެ.

އެގޮތަށް ކަން ކުރުމަށް މިފްކޯ އަށް ހަރުދަނާ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!