ޚަބަރު

އުމަރު ނަސީރުގެ މޫނުމަތީ ދަނގަޑު ބުރިއަކުން ޖަހާ ހަމަލާދީފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރަށް ކެންޕެއިންފެ ތެރެއިން ހަމަލާދީފިއެވެ.

Ads by Hajj Corporation

އުމަރަށް ހަމަލާދީފައިވަނީ މިއަދު މާލޭގައި އޭނާ ބޭއްވި ސައިކަލު ބުރެއްގެ ތެރެއިންނެވެ.

އުމަރު ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ވަނީ، މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ދަގަނޑު އެއްޗެއް އެއްލާ އޭނާގެ މޫނު މަތީގައި ޖެހި ކަމަށެވެ.

މި ހާދިސާގެ ސަބަބުން އޭނާއަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވިގޮތުގައި، އޭނާގެ ސެކިއުރިޓީގެ ގޮތުގައި ތިބި ސިފައިން ވަނީ އޭނާގެ ފޮޓޯ ފުލުހުންނާއި ހިއްސާ ކުރައްވާފައެވެ.

Ads by Allied Insurance
  1. މަރިޔަނބު

    “ދަނގަޑު” އެެއް ނޫން.
    ދަގަނޑު މިހެން ލިޔާނީ

    • މަރިޔަ ގޯތި ސޮރު

      ދިވެހިން ފާހެއްނުވޭ

  2. ސަމާލޭ

    ޢުމަރު ސަމާލުކަން ހޯދަން ފިލްމުކުޅެންފެށީ…ގުދޯގުދޯ……