ޚަބަރު ސިޔާސީ

އެމްޑީޕީ އެހެރީ ތާރީޚީ ބޮޑު ބައްޔަކާއި ދިމާޔަށް މިސްރާބުޖަހާފަ: މަލީހް

ރައުފާ ރަޝީދު ، ދެން އޮންލައިން

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އެހެރީ ތާރީޚީ ބޮޑު ބައްޔަކާއި ދިމާޔަށް މިސްރާބުޖަހާފަ ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Ads by STELCO

މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ހުރީ ތާރީޚީ ބޮޑު ބައްޔަކާއި ދިމާޔަށް މިސްރާބުޖަހާފަ ކަމަށާއި ސިޔާސީ މަންފާއެއް ހޯދަންވެސް ސަމާސާކުރަން ނުޖެހޭ ވަރުގެ ބަހާތަކެއް ހުންނަ ކަމަށް މަލީހް ވިދާޅުވިއެވެ.

”މިސާލަކަށް ލަފާ ފުރާ ބަނދަރު ހިއްކުން. މިސަރުކާރުން ފަހެއް ނުޖެހޭނެ މާލޭ އެއަރޕޯޓް ރަންވޭ މަތީގަވެސް ގޯތި ކަޑަޖަހަން. ބޯހަލާކު” މަލީހް ވިދާޅުވިއެވެ.

މަލީހް މިފަދައިން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޞާލިޙް ދަނީ ދިވެހިރާއްޖޭގެ އެކި އަތޮޅުތަކުގެ ރަށްތަކަށް ދަތުރުކުރައްވައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ.

ރިޔާސީ އިންތިހާބު ބޭއްވެވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހުއެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު 30 ގައެވެ.

Ads by HDC
  1. ޔަބީލު

    ކަލޯ ކޮން ޕާޓީއެއްގަތޯ؟ އެއްވެސް ތާކުން ލައްވައެއް ނުލިދޯ މިފަހަރު. އެވަރަށް ނޫސްތަކުގެ ހެޑިން އަށް އަރަން މަސައްކަތް ކުރުމުންވެސް.!

  2. ހަސަންބެ

    ކަލެއައް ތާރީހީ ބޮޑުބަލި ﷲ ތަޣާލާ ވަރައް އަވަހައް ދައްކަވާނެ ބަލަން ހުރޭ އަދި ރޯންހުރޭ