ޚަބަރު

ގުޅިފަޅުގައި ޕޯޓު ހެދުމަކީ މާލޭ ރައްޔިތުންނަށް ދެވޭ އަނިޔާއެއް: މުއިއްޒު

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ގުޅީފަޅުގައި ޕޯޓު ހެދުމަކީ މާލެ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެއެވެ.

Ads by STELCO

މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގަށްޓަކައި އެކަނި ވެސް ގުޅިފަޅުގައި ޕޯޓު ހެދުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ޕޯޓަށް އޮތް ދާއިމީ ހައްލަކީ އަބަދު ވެސް ތިލަފުށި ކަމަށެވެ.

"މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގަށް ޓަކައި އެކަނި ވެސް ގުޅިފަޅުގައި ޕޯޓު ހެދުން ހުއްޓާލަން ޖެހޭ. ގުޅިފަޅުގައި ޕޯޓު ހެދުމަކީ މާލޭ ރައްޔިތުންނަށް ދެވޭ އަނިޔާއެއް. ޕޯޓަށް އޮތް ދާއިމީ ހައްލަކީ އަބަދު ވެސް ތިލަފުށި،" މުއިއްޒު ވިދާޅުވި އެވެ.

މާލޭ ޕޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރަން މި ސަރުކާރުން ފުރަތަމަ ނިންމީ ޕޯޓް ތިލަފުއްޓަށް ބަދަލު ކުރުމަށެވެ. ނަމަވެސް ކެބިނެޓްގައި މަޝްވަރާ ކުރެއްވުމަށް ފަހު ފަހުން ވަނީ ގުޅިފަޅަށް ޕޯޓް ބަދަލުކުރަން ނިންމާފައެވެ.

އަދި އެ ޕްރޮޖެކްޓަށް ބޭނުންވާ ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް، ނެދަލެންޑްސްގެ ބޮސްކާލިސް އިން މިހާރު ވަނީ ފަށާފައެވެ. ޖުމްލަ 53 މިލިއަން ޑޮލަރަށް އަށް އެ މަސައްކަތް އެކުންފުންޏާ ހަވާލުކުރީ ބިޑަކާ ނުލައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!