ރިސޯޓް ހަދަން ދޫކުރި އަލިކޮއިރަށް ވިއްކާލައިފި
ޓޫރިޒަމް މިނިސްޓްރީން ވަނީ މި ރަށް ކުއްޔަށް ނެގި ފަރާތުން މިލްކުވެރިކަން ބަދަލު ކުރަން އެދިފައިވާތީ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާތުތައް ފުރިހަމަ ކުރަން އިއުލާނުކޮށްފަ އެވެ.

ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ހުޅުވާލި، އއ. އަލިކޮއިރަށް ނެގި ފަރާތުން ވިއްކާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ މި ރަށް ކުއްޔަށް ނެގި ފަރާތުން މިލްކުވެރިކަން ބަދަލު ކުރަން އެދިފައިވާތީ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާތުތައް ފުރިހަމަ ކުރަން އިއުލާނުކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް މި ވުޒާރާއިން ކުއްޔަށްދޫކޮށްފައިވާ އއ. އަލިކޮއިރަށް ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމެންޓުގެ ދަށުން، އެ ރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް އެރަށާއި ގުޅިގެން ލިބިދީފައިވާ އެންމެހާ ޙައްޤުތައް، އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ އެރަށާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ މި އިޢުލާން ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، އޮފީސް ބަންދުކުރުމުގެ ކުރިން، އެ މިނިސްޓްރީއަށް އަންގަން އެދިފައިވެއެވެ.
އއ. އަލިކޮއި ރަށަކީ ޓޫރިޒަމް މިނިސްޓްރީން އިއުލާނު ކުރުމުން މާޒިޔާ ޕްރައިވެޓް ލިމިޓެޑުން ނެގި ރަށެވެ. ނަމަވެސް ފަހުން އެ ރަށް ވަނީ ކޮންމެވެސް ސަބަބަކާ ހުރެ ސަރުކާރުން އެ ކުންފުނީގެ އަތުން އަތުލާފައެވެ.





ކޮމެންޓް