Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހުޅުމާލޭގެ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި، 5 މީހަކަށް އަނިޔާވެއްޖެ

ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް


ހުޅުމާލޭގެ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި، 5 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، ހުޅުމާލެ ރުއްގަނޑު 1 ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުންދާ ކަމަށެވެ.


މި ހާދިސާގައި ޖުމްލަ 5 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އޭގެ ތެރެއިން 4 މީހަކަށް ފަރުވާ ދިނުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.


އިތުރު މައުލޫމާތު ފަހުން ހާމަަކުރާނެވާހަކަ ދަންނަވަމެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް