ލައިފްސްޓައިލް

ކާމިޔާބީއަށް ވާސިލުވާން އޮތް ތަޅުދަނޑިއަކީ ނާކާމިޔާބީ އެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮންމެ އިންސާނަކު ވެސް ހުވަފެން ދެކޭނެއެވެ. އެ ހުވަފެންތަކަށް ވާސިލުވެ ހުވަފެންތައް ކާމިޔާބު ކުރުމަށް ޓަކައި ގަދަ އަޅައި މަސައްކަތް ކުރާނެއެވެ. މަސައްކަތް ކުރިކަމުގައި ވީ ނަމަވެސް ފުރަތަމަ ފަހަރުން ކާމިޔާބު ނުވެދާނެއެވެ. އެހެން ނަމަވެސް ހިތްވަރު އެލުވައި ނުލާ ކުރިޔަށް ދަމާތޯއެވެ. ވެއްޓުނަސް ހިތްވަރާއެކު ތެދުވެ  އަލުން ދުވަން ފަށަމާތޯއެވެ.

ކަމެއް ހާސިލު ކުރުމަށްޓަކައި ތިމާ ކުރާ މަސައްކަތް ކާމިޔާބުނުވެ ހިނގައްޖެ ނަމަ ތިމާ އެކަމާ ދެރަވުމުގެ ބަދަލުގައި އެކަމުން ފިލާވަޅު ލިބިގަންނާށެވެ. އެހެނީ ތިމާއަށް ނުބައިކޮށް ކުރެވިފައިވާ ކަންކަން ދެވަނަ ފަހަރަށް ތަކުރާރު ނުކުރުމަށެވެ. މިއީ ވެސް ލިބިގެންދާނެ އިތުރު ފުރުސަތެއް ކަމުގައި ދެކިގެނެވެ.

ފުރަތަމަ ފަހަރުން އެކަމެއް ހާސިލު ނުވެއްޖެ ނަމަ އެކަން އެހިސާބުން ހުއްޓާނުލާށެވެ. އޭގެ ސަބަބުން ތިމާ މާޔޫސް ނުވާށެވެ. ބަދަލުގައި އެއަށްވުރެން ވަރުގަދަ މީހެއްގެ ގޮތުގައި ދެން ނުކުންނާށެވެ. ކޮންމެ ކަމަކީ ވެސް ގަދަ ހިތްވަރާއި އެކު މަސައްކަތް ކޮށްފިނަމަ ޙާސިލު ވާނޭ ކަންކަމެވެ. މީގައި މުހިންމީ ތިމާގެ ހިތްވަރާއި، ތިމާގެ ވަރުގަދަ ޢަޒުމެވެ.

ކާމިޔާބީ އަށް ވާސިލުވާން އޮތް ތަޅުދަނޑިއަކީ ނާކާމިޔާބޭ ބުނުމުން ގިނަ ބަޔަކަށް ކުށް ހީކުރެވިފައިވަނީ ދެން ނާކާމިޔާބީ ވެގެން ނޫނީ ކާމިޔާބު ނުވާނެ ކަމަށެވެ. އެހެން ނަމަވެސް މީގަ ބުނެދޭން ބޭނުންވާ މުރާދަކީ ކޮންމެ ކަަމަކީ ފުރަތަމަ ފަހަރުން ކާމިޔާބު ވާނެ ކަމެއް ނޫން ކަމެވެ. މިސާލަކަށް ތިމާގެ ތަޢުލީމީ ނަތީޖާ ރަނގަޅު ކުރުމަށް ޓަކައި އަޒުމު ވަރުގަދަކޮށް އަހަރަކަށް ވުރެ އަހަރެއް ނަތީޖާ ރަނގަޅު ކުރުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. ކިޔެވުމުގައި އިތުރަށް ރަނގަޅު ނަތީޖާ އެއް ހޯދާނީ ކިހިނެއްތޯ ބެލުމާއި، ކުރިން ފަހަރު ކުރެވުނު ކަމެއް މިފަހަރު ތަކުރާރު ނުވުމަށް މަސައްކަތް ކުރުން ހިމެނެއެވެ.

ގިނަ މީހުން ފުރަތަމަ ފަހަރުން ބޭނުންވާ ކަމެއް ޙާސިލު ނުވި ކަމުގައިވާ ނަމަ، މާ އަވަހަށް ހިތްވަރު އެލުވާލަނީއެވެ. މިއީ ތިމާގެވިލް ޕަވަރއެއްކޮށް ގެއްލުވާލައެވެ. ނާކާމިޔާބު ވެސް ވާނެއެވެ. އެހެން ނަމަވެސް އެ ނާކާމިޔާބީގެ ސިއްރަކީ ކޮބައިތޯ ތިމާ އަމިއްލަ އަށް ވިސްނާލުމަށް ފަހު ދެވަނަ ފަހަރަށް ތަކުރާރު ނުކުރުމަށް ޢަޒުމު ކަނޑައަޅައިފި މީހަކަށް މާތް الله ގެ އިރާދަފުޅުން އެމީހަކު ބޭނުންވި މަންޒިލަށް ވާސިލު ވެވޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!