Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޤާސިމް ވިދާޅުވީ މޫނު ބުރުގާ އަޅާ ފަރާތްތައް މަސައްކަތް ކުރުމުގެ ހައްޤުން މަޙްރޫމް ނުކުރާނެ ކަމަށް, އަދި އެއީ ޑިމޮކްރަސީ ކަމަށް

ޤާސިމް ވިދާޅުވީ މޫނު ބުރުގާ އަޅާ ފަރާތްތައް މަސައްކަތް ކުރުމުގެ ހައްޤުން މަޙްރޫމް ނުކުރާނެ ކަމަށް, އަދި އެއީ ޑިމޮކްރަސީ ކަމަށް
ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވެފައި, ޑިމޮކްރަސީއެއް ކަމުން, މިތަނުގައި ދިރިއުޅޭ ނިޤާބުއެޅި ފަރާތްތައް މަސައްކަތް ކުރުމުގެ ހައްޤުން މަޙްރޫމް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ޤާސިމް މިހެން ވިދާޅުވީ, މިހާރު އަތޮޅު ތެރޭގެ ރަށްތަކަށް ޤާސިމް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ނ. ހެނބަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. "އަޅުގަނޑުމެންގެ ސަރުކާރެއްގައި މޫނު ބުރުގާ އަޅުއްވައިގެން އަންހެން ބޭފުޅުން ކިޔަވައިދެއްވަން ކަމަށް ވިޔަސް, އޮފީސްތަކުގައި މަސައްކަތް ކުރައްވަން ކަމަށް ވިޔަސް އެއްވެސް ބޭފުޅަކަށް ހުރަހެއް ނޯންނާނެ. އެ ބޭނުންފުޅުވާ ހެދުމެއް ތުރުކުރައްވައިގެން މަސައްކަތް ކުރުމުގެ ޙައްޤު އޮންނާނެ" ގާސިމް ވިދާޅުވީ ރައްޔިތުންނަށް ލިބިގެންވާ ހައްޤުތައް ފުރިހަމައަށް ހިމާޔަތްކޮށްދެއްވާނެ ކަމަށާއި ދީނީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުގައި އެއްވެސް ހުރަހެއް އެމަނިކުފާނުގެ ފަރާތުން ކުރިމަތި ނުކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި ބާރުއަޅަމުންދާނީ އިސްލާމީ އުސޫލުތަކާއި, އިސްލާމް ދީނުގައި ހިފަހައްޓައިގެން މަސައްކަތް ކުރުމުގެ ތަރުބިއްޔަތު ކުރުމަށް"
އެމަނިކުފާނު ވެރިކަމަށް ކުރިމަތިލެއްވީ އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަން ދިފާއު ހިމާޔަތްކުރުމަށާއި ގައުމުގެ އިޤްތިޞާދު ނަގަހައްޓާ ދެމެހެއްޓުމަށް ކަމަށް ވިދާޅުވިއެވެ. ޤާސިމްގެ ވާހަކަފުޅުގައި އެރަށް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކޮށްދޭން ނިންމާފައިވާ ކަންތައްތައް ހިއްސާ ކުރެއްވިއެވެ. " މިރަށުގެ ރައްޔިތުން އެދުނުގޮތަށް ބިން ހިއްކުމާއި ކްލާސްރޫމްތައް އޭސީކުރުން، ފުޓްބޯޅަ ދަނޑެއް އަޅައިދިނުން ﷲގެ އިރާދަފުޅާއެކު އަޅުގަނޑުގެ ވެރިކަމެއްގައި ފުރިހަމަކޮށްދޭނަށް. މީގެ އިތުރުން މިރަށުގެ ކޮމްޕިއުޓަރ ލެބް އިތުރަށް ތަރައްގީ ކޮށްދެއްވާނަން ". ގާސިމް ވިދާޅުވީ އެކަން ކަމަކީ އެމަނިކުފާނުގެ މެނިފެސްޓޯގައިވެސް ހިމެނޭ ކަންކަމަށް ވުމާއެކު މެނިފެސްޓޯގައި ވާގޮތަށް ހުރިހާ ރަށަކަށްވެސް އެކަންކަން ފުރިހަމަ ކޮށްދެއްވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް